Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

މިނިވަން ދުވަހާ ގުޅުވައި އުރީދޫން އޮފާތަކެއް

މާދަމާ ފާހަގަކުރާ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް މިއަދު އިއުލާނުކޮށްފި އެވެ.

މީގެ ތެރޭގައި "މިނިވަން 61 ޕެކް" ގެ ނަމުގައި ހުޅުވައިލި ޑޭޓާ ޕެކޭޖެއް ވެސް ހިމެނެ އެވެ. މި ޕެކޭޖްގެ ދަށުން 61ރ. ދައްކައިގެން 24 ގަޑިއިރަށް 61 ޖީބީގެ ޑޭޓާ ލިބޭނެ އެވެ. އަދި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕެކް އެކްޓިވޭޓް ކުރެވޭނެ އެވެ.

މި އޮފާ ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 31 ހަމައަށެވެ.

އެ މުއްދަތުގެ ތެރޭގައި މިނިވަން 61 ޕެކް ގާތް ފަރާތްތަކަށް ހަދިޔާކުރެވޭ ގޮތަށް ވެސް ހަދާފައިވެ އެވެ. މީގެ އިތުރުން މާދަމާ ހަވީރު 3:00-4:00 އަށް ޕްރީޕެއިޑް ކަސްޓަމަރުންނަށް އުރީދޫ ނަންބަރުތަކަށް ހިލޭ ކޯލާއި އެސްއެމްއެސް ވެސް ކުރެވޭނެ އެވެ. މި ޚިދުމަތް ލިބޭނީ ހަމައެކަނި ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ.

އުރީދޫން ބުނީ މިނިވަން ދުވަސް ފާހަގަކުރާ އިރު ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި އުފާވެރިކަން ޙިއްޞާކުރުމާއި ހަލުވި ސްޕީޑްގެ ޑިޖިޓަލް ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުޞަތުތައް ފަހިކޮށް ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެެއް ކަމަށެވެ.

މި އޮފާތައް ސީދާ އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެ އެވެ.