Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މިނިވަންކަމަށްޓަކައި ގައުމީ ލޯބި އިސްކުރަން ޖެހޭ

‏މިނިވަންކަން ދެމެހެއްޓުމަށްޓަކައި ގައުމީ ލޯބި އިސްކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވައި ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ޤުރުބާންވީ ބަޠަލުންނަށް ހެޔޮދުއާ ވެސް ރައްދުކުރައްވާ ކަމަށެވެ.

ރައީސް ވދާޅުވީ ‏މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން ފުރާނަ ދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން ކަމަށެވެ.

"މި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ޤައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަށާއި، އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމަށާއި، މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުން،" ރައީސް ވިދާޅުވި އެެވެ. "‏އެހެންކަމުން މިނިވަން ދުވަހުގެ މުނާސަބަތުގައި މި ސިފަތަކުން ސިފަ ލިބިގަނެ މިނިވަންކަމާ އެކު ޤައުމާއިގެން ކުރިއަށް ދިއުމަށް އިލްތިމާސް ކުރަން. ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން."