Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

ނަހުލާގެ "ހުވާ 3" ދޫކޮށްލަން ތައްޔާރު ވަނީ

ޑައިރެކްޓަރު ފާތުމަތު ނަހުލާގެ "ހުވާ" ސީރީޒްގެ ތިން ވަނަ ސީޒަން ބެލުންތެރިންނަށް ގެނެސްދިނުމުގެ ވަގުތު ކުޑަތަވާން ފަށައިފި އެވެ.

މި ސީރީޒްގެ ފުރަތަމަ ދެ ސީޒަން ވެސް ސްޓްރީމްކުރި ބައިސްކޯފުން "ހުވާ 3" ގެ ޕޯސްޓަރެއް ހިއްސާކޮށް ބުނީ އަވަހަށް އާ ސީޒަން ގެނެސްދޭން ފަށާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭހައި ޝޫޓިން ފެށި "ހުވާ 3" ގެނެސްދިނީ ނަހުލާ އާއި އައިޝަތު ރިޝްމީ ޑައިރެކްޓްކޮށެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދި "ހުވާ" އަކީ ބައިސްކޯފް 2018 ލޯންޗްކުރި އިރު، އެއަށް އެންމެ ފުރަތަމަ ގެނައި ސީރީޒްކަމެވެ. ބައިސްކޯފް ލޯންޗްކުރީ ނޮވެމްބަރު 12، 2018 ގަ އެވެ. އަދި އެ ޕްލެޓްފޯމުން "ހުވާ" ޕްރީމިއާކުރީ އެ މަހުގެ 29 ގަ އެވެ.

"ހުވާ" ގެ ފުރަތަމަ ދެ ސީޒަންގައި ޖުމްލަ 102 އެޕިސޯޑް ގެނެސްދީފައިވެ އެވެ.

ނަހުލާގެ ވާހަކައަކަށް ހަދާ ސީރީޒްގެ ފުރަތަމަ ސީޒަންގައި އޭނައާ އެކު ޑައިރެކްޓަރެއްގެ ގޮތުގައި މީގެ ރޯލެއް ވެސް ކުޅޭ މުހައްމަދު ފައިސަލް ހިއްސާވެފައިވާ އިރު، ސީރީޒްގައި ރޯލެއް ކުޅުނު ޔޫސުފް ޝަފީއު (ޔޫއްޕެ) ދެވަނަ ސީޒަންގައި ނަހުލާއާ އެކު ޑައިރެކްޝަންގައި ހިއްސާވި އެވެ.

ތިން ވަނަ ސީޒަންގެ ޑައިރެކްޝަންގައި ރިޝްމީ ހިއްސާވު އިރު، އޭނަ އަކީ ނަހުލާ ލިޔެ، ޕްރޮޑިއުސްކުރި 2017 ގެ ފިލްމު "ބޮސް" ގެ ވެސް ޑައިރެކްޓަރެވެ. އަދި ނަހުލާ މިދިޔަ އަހަރު ގެނެސްދިން ފިލްމު "ސޮރީ" އަކީ ރިޝްމީ އެޑިޓްކުރި ފިލްމެކެވެ.

ލޯބީގެ ވާހަކައަކަށް ގެނެސްދޭން ފެށި "ހުވާ" އަކީ ވަރަށް ބޮޑު ކާސްޓެއް ވެސް ހިމެނޭ އެެއްޗެކެވެ.

އެގޮތުން ސީރީޒްގެ ކުރީގެ ދެ ސީޒަނުން ޔޫއްޕެ، ފައިސަލް، މަރިޔަމް އައްޒަ، ރަވީ ފާރޫގް، އަބްދުﷲ މުއާޒް (މުއާ)، އަހުމަދު އީސަ (އާނަންދު)، އައިމިނަތު ރިޝްފާ، ޝީލާ ނަޖީބު، އަހުމަދު އަޒްމީލް (އަޒޭ)، އަލީ އާޒިމް (ދޮންއައްޔަން) އިބްރާހީމް ޖިޖާދު (ޖިމީ)، މަރިޔަމް ޝަކީލާ، އާރިފާ އިބްރާހީމް އަދި ރޯނު ހަސަން މަނިކު ފަދަ ތަރިން ފެނިފައިވެ އެވެ.

"ހުވާ 3" ޕްރީމިއާ ކުރަން ތައްޔާރުވަމުން އަންނަ އިރު، ނަހުލާ މިހާރު އަންނަނީ ފީޗާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ އޮކްޓޯބަރު 26 އަށް ތާވަލުކޮށްފައިވާ "މަޖުނޫނު"