ޖިންސީ ގޯނާގެ ތުހުމަތުތަކަކާ ގުޅިގެން ސަސްޕެންޑްކޮށްފައި ހުންނެވި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގެ އެންމެ އިސް ޕްރޮސެކިއުޓަރު ކަރީމްގެ ޚާން މަގާމުން ވަކިކުރަން ފާސްކޮށްފި އެވެ.
އޭނަ ވަކި ކުރުމުގެ މައްސަލައިގައި މެންބަރު ގައުމުތަކުގެ މެދުގައި ނެގި ވޯޓުން މަގާމުން ވަކިކުރަން ފާސްވީ 82 ވޯޓުންނެވެ.
އިނގިރޭސިވިލާތަށް ނިސްބަތްވާ ކަރީމްގެ މައްޗަށް 2024 ގެ ތެރޭގައި ކުރެވުނު ތުހުމަތުތަކާ ގުޅިގެން ސަސްޕެންޑްކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އުމުރުން 56 އަހަރުގެ ކަރީމްގެ ގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި މަސައްކަތުގެ މާހައުލުގެ ތެރޭގައި އަންހެން ވަކީލެއްގެ ގަޔަށް އަތްލުމާއި ޖިންސީ ފުރައްސާކުރުން ހިމެނެ އެވެ.
މިކަމާ ގުޅިގެން އޭނަ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން އައިސީސީ އަށް ފާރަވެރިވާ އިންޑަޕެންޑެންޓް އޯވަސައިޓް މެކޭނިޒަމް (އައިއޯއެމް) އަށް ގޮވާލައްވާފައިވެ އެވެ.
އައިއޯއެމުން ފެށި ތަހުގީގާ ގުޅިގެން ކަރީމްގެ މައްޗަށް ތުހުމަތުކުރި މީހާގެ ފަރާތުން އެއްބާރުލުން ނުލިބުމުން އެ ތަހުގީގު ފަހުން ވަނީ ހުއްޓާލައިފަ އެވެ.