Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ނަޝީދަށް މިނިވަން ދުވަހު ޖަލްސާގެ ދައުވަތެއް ނުލިބޭ!

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އަށް ދައުވަތު ލިބިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އަކީ އެ މަނިކުފާނުގެ ސްކޫލް ދައުރުން ފެށިގެން މިހާތަނަށް އައި އިރު، ދައުވަތު ލިބިވޑައިނުގަންނަވާ ފުރަތަމަ ފަހަރު ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވި ނަޝީދު ވިދާޅުވީ އެ މަނިކުފާނު ޖަލުގައި ހޭދަކުރެއްވި ދުވަސްވަރު ވެސް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާތަކަށް ދައުވަތު ލިބިވަޑައިގަތް ކަމަަށެވެ.

މިއަދު ފާހަގަ ކުރަނީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހެވެ.

މި ދުވަހުގެ ތަހުނިޔާ ނަޝީދުގެ އެހެން ޕޯސްޓެއްގައި ރައްޔިތުންނަށް ދަންނަވާފައިވެ އެވެ.