ކަރަން ޖޯހަރްގެ ދަރުމާ ރޮޑަކްޝަނުން ލޯބީގެ ބިރުވެރި ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ މި ފިލްމު ޑައިރެކްޓް ކުރާނީ މިދިޔަ މަހުގެ ކުރީކޮޅު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން މަގުބޫލު ކްރައިމް ތުރިލާ ސީރީޒް 'ރާކް' ގެ ޑައިރެކްޓަރު ޕްރޮސިތު ރޯއި ކަމަށެވެ. އޭނަގެ ސީރީޒް ރީމިއާކުރި ތަންވަޅު އެ ކަމުގޮސްގެން ކަރަން ސޯޝަލް މީޑިއާގައި އެއަށް ތައުރީފުކޮށް ޕޯސްޓެއް ވެސް ކޮށްފައިވެ އެވެ.
ދަރުމާ އަށް ޕްރޮސިތު ލައްވައި ފިލްމެއް ޑައިރެކްޓް ކުރުވަން ތައްޔާރުވަމުން އަންނަ އިރު، ޕިންކްވޮލާ އިން ބުނީ އެ ފިލްމުގެ ޝޫޓިން މި އަހަރުގެ ނިމުމުގެ ކުރިން ފަށާނެ ކަމަށާއި ވަރަށް އަވަހަށް ފިލްމަށް ކާސްޓުން ވެސް ނަގާނެ ކަމަށެވެ.
ދަރުމާ އިން ލޯބީގެ ބިރުވެރި ފިލްމަކަށް ތައްޔާރުވާ އިރު، ކަރަން ދާދި ފަހުން ވަނީ ބިރުވެރި ޖޯންރާގެ ފިލްމުތައް ހަދަން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ. އޭނަގެ ސްޓޫޑިއޯ އިން ކުރިން ވެސް މި ޖޯންރާގެ މަދު ފިލްމުތަކެއް ހަދާފައިވެ އެވެ. އޭގެ ތެރޭގައި 2005 ގެ 'ކާލް' އާއި 2020 ގެ 'ބޫތު-ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް' ހިމެނެ އެވެ.