Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

'ބްލެކް ޕެންތާ 3' އަންނާނީ 2028 ގައި

ހޮލީވުޑްގެ ކާމިޔާބު ސުޕަހީރޯ ފްރެންޗައިޒް 'ބްލެކް ޕެންތާ' ގެ ތިން ވަނަ ބައި 2028 ގައި ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.

މިކަން މާލެވް ސްޓޫޑިއޯސް އިން އިއުލާންކުރީ މާވެލް ކޮމިކް-ކޮންގަ އެވެ. އެ ސްޓޫޑިއޯ އިން ބުނީ 'ބްލެކް ޕެންތާ 3' ބެލުންތެރިންނަށް ގެނެސްދޭނީ ޑިސެންބަރު 15، 2028 ގައި ކަމަށެވެ.

މި ފިލްމުން 'ބްލެކް ޕެންތާ' ގެ ގޮތުގައި ޑޭވިޑް ޖޯންސަން ފެންނާނެ އެވެ. އޭނަގެ މި ކެރެކްޓާ އަކީ 2022 ގައި ރިލީޒްކުރި ފިލްމުގެ ދެވަނަ ބައި 'ބްލެކް ޕެންތާ؛ ވަކަންޑާ ފޯއެވާ' ގައި ކުޑަކުއްޖެއްގެ ގޮތުގައި ތައާރަފުކުރި ޕްރިންސް ޓީ ޝަލާ ދޭއްގެ ތަސައްރަފު ފުދިފައިވާ ރޯލެވެ.

އަދި އާ ފިލްމުގެ މުހިއްމު ރޯލުތަކުން ކުރީގެ ފިލްމުތަކުން ވެސް ފެނިފައިވާ ލެޓީޝިއާ ރައިޓް އާއި ވިންސްޓަން ޑޫކް އެ މީހުންގެ ރޯލުތަކުން އެނބުރި އަންނާނެ އެވެ.

'ބްލެކް ޕެންތާ 3' ވެސް ޑައިރެކްޓް ކުރާނީ ފުރަތަމަ ދެ ބައި ވެސް ޑައިރެކްޓްކުރި ރަޔަން ކޫގްލާ އެވެ.

ދެހާސް އަށާރައިގެ 'ބްލެކް ޕެންތާ' އަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 1.35 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އެ ފިލްމުގައި ބްލެކް ޕެންތާގެ ރޯލު ކުޅުނީ 2020 ގައި މަރުވި އެކްޓަރު ޗަޑްވިކް ބޯޒްމަން އެވެ. ޖުމްލަ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި 'ބްލެކް ޕެންތާ؛ ވަކަންޑާ ފޯއެވާ' ގެ އާމްދަނީ އަކީ 859.2 މިލިއަން ޑޮލަރެވެ.