Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ވައްކަން ކުރި މީދޫ ކުއްޖަކު އެއް އަހަރަށް ޖަލަށް

މީދޫ މެޖިސްޓްރޭޓް ކޯޓް: މުސާރަ ނުލިބިގެން ކޯޓްތަކުން އަންނަނީ ޝަކުވާ ކުރަމުން. ފޮޓޯ/ އިބްރާހީމް ޒުހުރީ

މިދިޔަ އަހަރުގެ ތެރޭގައި ސ. މީދޫ ގެއަކަށް ޖަމާއަތް ހަަދައިގެން ވަދެ ވައްކަން ކުރި ކަމުގެ ދައުވާ ކުރި ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެ، އެެއް އަހަރަށް ޖަލަށް ލާން މީދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މީދޫ ކޯޓަށް ނޮވެމްބަރު 13، 2012 ގައި ހުށަހެޅުނު މައްސަލަ އާ ގުޅިގެން އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އެ ރަށު ސަމާ އިބްރާހީމް ސިޔާދު އެވެ.

އޭނާގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައި ވަނީ ޖަމާއަތް ހަދައިގެން ވައްކަން ކުރި ކަމުގެ ދައުވާގެ އަސްލަށް ސިޔާދު ޝަރީއަތުގައި އިންކާރު ކުރި ނަމަވެސް، ޝަރީއަތުން ބެލިބެލުމުން ވައްކަން ކުރުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށް ޝަރީއަތަށް ބުރަވެވޭ ކަަމަށެވެ. އަދި ވަގަށް ނެގި ތަކެތި ރަށުގެ އެހެން ގެއެއްގެ ގޯތި ތެރެއިން ނެރުމުގައި ސިޔާދު ބައިވެރިވި ކަމަށް ޝަރީއަތުގައި އޭނާ އިއުތިރާފްވެފައިވާތީ ވައްކަން ކުރި ކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ސިޔާދު އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އޭނާއަކީ މީލާދީ ގޮތުން 18 އަހަރު ނުުފުރޭ ކުއްޖެއް ކަމަށްވާތީ "ކުޑަ ކުދިން ކުރާ ކުށުގެ މައްސަލަތަައް ބަލައި، ތަހުގީގުކޮށް، އިންސާފުކޮށް އަދަބު ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގަވައިދު" ގެ 17 ވަނަ މާއްދާގެ (ހ) އާއި (ބ) އާ ހަވާލާދީ ގާނޫލް އުގޫބާތުގެ 131، 136 އަދި 138 ވަނަ މާއްދާގެ ދަށުންނެވެ.