މަރަދޫފޭދޫ ފުޓްބޯޅަ ދަނޑުގައި ވާރޭ ވެހުމުން ފެން ބޮޑުވާތީ އެ އަވަށު ޒުވާނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޖާގައިގެ ގޮތުން ވެސް ވަރަށް ދަތިކޮށް އޮންނަ މި ދަނޑާ ބެހޭ ގޮތުން "އައްޑޫ ލައިވް" އާ މިއަދު ވާހަކަ ދެއްކި ޒުވާނަކު ބުނީ ކިތަންމެ ކުޑަކޮށް ވާރޭ ވެހިލިޔަސް، ދަނޑުގައި ފެންބޮޑުވަމަކީ އާންކު ކަމެއް ކަމަށެވެ.
އެހެންވެ އެކަމަށް ހައްލެއް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
"ދަނޑުގެ ވަށައި މިހާރު ފެންސް ޖަހައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ވެސް ޖަހާފައި މިހާރު ވަނީ. އެކަމަކު އެއީ މުޅި ހައްލެއް ނުން. ދަނޑުގައި ފެންބޮޑުވާ މައްސަލަ އެބަ ޖެހޭ ހައްލުކޮށް ދޭން،" އޭނާ ބުންޏެވެ. "މި ޝަކުވާ އަޅުގަނޑުމެން ކައުންސިލާ ހަމައަށް ވެސް ގެންގޮސްފިން. އަދި ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓްގެ ސަމާލު ކަމަށް ވެސް ގެނެސްފައި ވާނެ."
ދަނޑުގައި ފެންބޮޑުވާތީ މުބާރާތް ފަދަ ކަންކަން ކުރިއަށް ގެންދަން ވަރަށް ބޮޑަށް އުނދަގޫވާ ކަމަށް މަރަދޫފޭދޫ ޒުވާނުން އަންނަނީ ބުނަމުންނެވެ.
އެ ދަނޑަަކީ އައްޑޫގެ އަވަށްތަކުގެ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން އެންމެ ކުޑަ ދަނޑެވެ.
