Last Updated: May 9, 20:53
Friday, May 9, 2025
ޚަބަރު

ހިތަދޫގައި ހައި މާކަކާއި ކާރެއް އެކްސިޑެންޓްވެއްޖެ

ހިތަދޫ ލިންކް ރޯޑްގައި މިރޭ ކާރަކާއި ހައި މާކެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ކާރަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

ހިތަދޫގައި ހުންނަ ފެނަކަގެ ސޭލްސް ސެންޓަރު ކުރިމަތީގައި ހިނގި މި ހާދިސާގައި ހައި މާކުގައި ކާރުގެ ޖެހި ކާރުގެ ކުރީކޮޅު ވަަރަށް ބޮޑަށް ހަލާކުވެފައިވެ އެވެ. މި ހާދިސާ ހިނގާފައި ވަނީ މިރޭ 10:00 ޖަހަން އުޅެނިކޮށެވެ.

gjghj (3)

މި ހާދިސާގައި ކާރު ދުއްވަން އިން މީހާ އަށް އެއްވެސް އަނިޔާއެއްވެފައި ނުވާ ކަމަށް އެނގިފައިވެ އެވެ.

gjghj (2)

މަންޒަރު ދުށް މީހަކު "އައްޑޫ ލައިވް" އަށް ބުނީ އެކްސިޑެންޓް ހިނގާފައި ވަނީ، ސްޕީޑް ބްރޭކަރަށް ހައިމާކު މަޑު ކުރި ވަގުތު ފަހަތުން ދުއްވާފައި އައި ކާރު ކޮންޓްރޯލް ނުކުރެވިގެން ގޮސް ހައިމާކުގައި ޖެހިގެން ކަމަށެވެ.

މި ހާދިސާ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.