Last Updated: June 12, 11:16
Friday, June 12, 2026
މުނިފޫހިފިލުވުން

ކަރީނާ އާއި އިމްރާންގެ ޖޯޑް އަނެެއްކާ ވެސް!

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން އުފެއްދި "އެކް މޭ އޯރް އެކް ތޫ" އަށް ފަހު ކަރީނާ ކަޕޫރާއި އިމްރާން ހާން އަނެއްކާ ވެސް އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

މި ފަހަރުގެ ވެސް ކަރަން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. "ގޮރީ ތެރޭ ޕިޔާރު މޭ" ނަމަކަށް ހަމަޖައްސާފައިވާ ފިލްމްގެ ޑައިރެކްޓަރަކީ އިމްރާނާއި ސޯނަމް ކަޕޫރު ލީޑް ރޯލް ކުޅުނު "އައި ހޭޓް ލަވް ސްޓޯރީޒް" ގެ ޑައިރެކްޓަރު ޕުނިތު މަލްއުތުރާ އެވެ. މިއީ 2010 ވަނަ އަހަރު އޭނާގެ ފުރަތަމަ ޑައިރެކްޝަން "އައި ހޭޓް ލަވް ސްޓޯރީޒް" އަށް ފަހު ގެނެސް ދޭ ދެވަނަ ފިލްމެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަަށް ބިނާކޮށް އުފައްދާ "ގޮރީ ތެރޭ ޕިޔާރު މޭ" ގެ ޝޫޓިން ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި ފިލްމަށްޓަކައި އިމްރާން ދާދި ފަހުން ނަގަން އުޅުނު ކުރު ޗުއްޓީ ވެސް ކެންސަލްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދާދި ފަހުން އިމްރާން ވަނީ އެކްތަ ކަޕޫރު ޕްރޮޑިއުސްކޮށް، މިލަން ލުތުރިއާ ޑައިރެކްޓް ކުރާ "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ 2" ގެ މަސައްކަތުގައި އަކްޝޭ ކުރާމާއި ސޮނާކްޝީ ސިންހާ އާ އެކު ވަރަށް ބިޒީކޮށް ހަރަކާތްތެރިވެފަ އެވެ.