Last Updated: June 12, 11:16
Friday, June 12, 2026
މުނިފޫހިފިލުވުން

ފޯބްސްގެ ކަވަރަށް ޝާހް

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ފަރާތްތަކާ ބެހޭ މައުުލޫމާތު ގެނެސް ދިނުމަށް މަޝްހޫރު މަޖައްލާއެއް ކަމަށްވާ ފޯބްސް މެގަޒިންގެ އެންމެ ފަހު އަދަދުގެ ކަވަރަށް ބޮލީވުޑްގެ ބަތަލް "ކިންގް ހާން" ޝާހްރުކް ހާން އަރައިފި އެވެ.

މިއީ ބޮލީވުޑްގެ ތަރިއެެއްގެ ފޮޓޯ ފޯބްސް މަޖައްލާގެ ކަވަރަށް އެރި ފުރަތަމަ ފަހަރު ވެސް މެ އެވެ. މިކަމާ ޝާހް ވަރަށް ފަހުވެރިވެ، އުފާވެފައި ހުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މަޖައްލާގެ ބޭރު ގަނޑުގައި ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފައިވާ އެކްޓަރު/ޕްރޮޑިއުސަރުގެ ފޮޓޯ ހިމަނާފައިވާ އިރު، މި އަދަދުގައި އިންޑިއާގެ އެންމެ ނުފޫޒް ގަދަ 100 މީހުންގެ ބެހޭ ހާއްސަ މައުލޫމާތުތަކެެއް ހިމަނާފައިވާ ކަަމަަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

"ފޯބްސް މަޖައްލާގެ އިންޑިއަން އެޑިޝަން ނެރެން ފަށާފައި ވަނީ މީގެ ހަތަރު ވަރަކަަށް އަހަރު ކުރިން ފެށިގެންނެވެ.