ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން ށ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފި އެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ށ. ހެނބަދުއަށެވެ. އޭ ގެފަހުން ށ. އަތޮޅުގެ ބައެއް ރަށްރަށަށް އެ މަނިކުފާނު ޒިޔާރަތް ކުރައްވާނެ އެވެ.