ވައްކަން ކުރިކަމުގެ ކުށް ސާބިތުވި މީހަކު އެއް އަހަރާ ހަ މަހަށް ޖަލަށް ލުމަށް ސ. މީދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އެއްޗެއް ހަލާކުކޮށްލައިގެން ވައްކަން ކުރި ކަމުގެ ދައުވާ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 137 މާއްދާގެ ދަށުން އުފުލައި، ޝަރީއަތަށް ވައްކަން ކުރިކަން ސާބިތުގެ ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މީދޫ ކުރެދިމާގޭ މުހައްމަދު މުޒާހްގެ މައްޗަށެވެ.
އޭނާގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައި ވަނީ ނޮވެމްބަރު 13، 2012 ގައި މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލަ އާ ގުޅިގެން ވައްކަން ކުރި ކަމަށް ޝަރީއަތުގައި ވެސް މުޒާހް އިއުތިރާފުވެފައިވާ ކަމަށެވެ.
އެހެންވެ އޭނާ އެއް އަހަރާއި ހަ މަސް ދުވަހަށް ޖަލަަށް ލުމަށް ހުކުމްކޮށްފައި ވަނީ މިއީ އޭނާގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 137 ވަނަ މާއްދާގެ ދަށުންނެވެ.