ދީޕިކާ ޕަދްކޯން އާއި ރަންވީރު ސިންގް ރޯލް ކުޅޭ ސަންޖޭ ލީލާ ބަންސާލީ އުންމީދީ ފިލްމް "ރާމް ލީލާ" ގެ ފުރަތަމަ ޕޯސްޓަރު އާންުކޮށްފި އެވެ.
ޕޯސްޓަރުގައިވާ ގޮތުން މި އަހަރުގެ އެންމެ އުންމީދީ އަދި ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ރާމް ލީލާ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހު 29 ވަނަ ދުވަހު އެވެ. މި ފިލްމްގެ މަސައްކަަތްތައް ވަރަށް ބާރަށް މިހާރު އަންނަނީ ކުރަމުންނެވެ.
"ރާމް ލީލާ" އަކީ ބަންސާލީ އެންމެ ފަހުން ޑައިރެކްޓް ކުރި "ގުޒާރިޝް" އަށް ފަހު ގެނެސްދޭ ފުރަތަމަ ފިލްމެވެ. ރިތިކް ރޯޝަން އާއި އައިޝްވާރިއާ ރާއީ ލީޑް ރޯލުން ފެނިގެން ދިޔަ އެ ފިލްމަކީ ބެލުންތެރިންގެ ފިނި ތަރުހީބެއް ލިބުނު ފިލްމެކެވެ.
ރިޕޯޓްތައ ބުނާ ގޮތުގައި ޒުވާން ދެ ތަރިން ކަމަށްވާ ރަންވީރު އާއި ދީޕިކާ ހިމަނައިގެން ބަންސާލީ ޑައިރެކްޓް ކުރާ "ރާމް ލީލާ" އަކީ އޭނާގެ އެންމެ ކާމިޔާބް ފިލްްމްތަކުގެ ތެރޭގައި ހިމެނޭ "ހަމް ދިލް ދޭ ޗުކޭ ސަނަމް" ފަދަ ލޯބީގެ އަސަރު ގަދަ އަދި ގިނަ އަދަދެއްގެ ވަލަތައް ހިމެނޭ "ކުލަގަދަ" ފިލްމަކަށް ވާނެ އެެވެ.
އަދި މިއީ މި ޒަމާނުގެ "ރޯމިއޯ އެންޑް ޖޫލިއަޓް" ގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަަމަށް ވެސް ބޮލީވުޑްގެ ރިޕޯޓްތައް ބުނެ އެވެ.