Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ނޫސްވެރިޔާ ލީވާންގެ މައްޗަށް ވެސް ދައުވާއެއް

ރާއްޖެ ޓީވީގެ އިތުރު ނޫސްވެރިއެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާ އުފުލައިފި އެވެ.

ރާއްޖެ ޓީވީގެ ސްޕޯޓްސް ޖާނަލިސްޓް ލީވާން އަލީ ނާސިރުގެ މައްޗަށް އުފުލާފައި ވަނީ، ގާނޫނު ތަންފީޒު ކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.

މި މައްސަލާގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް (ސަމްޕަތު) އަށް ވެސް ވަނީ ހަމަ މި ދައުވާ އުފުލައިފަ އެވެ.

ލީވާން ކްރިމިނަލް ކޯޓަށް ހާޒިރު ވާން މިހާރު ޗިޓް ފޮނުވާފައިވާ އިރު، ހާޒިރު ވާން ޖެހެނީ މި މަހުގެ 14 ވަނަ ދުވަހު އެވެ