Last Updated: May 20, 19:22
Monday, May 20, 2024
ޚަބަރު

އެހީގެ ޕްރޮގްރާމަށް ނަން ނޯޓް ކުރުން 20 އާ ހަމައަށް

ކޮންމެ އަަހަރެއްގެ ރޯދަ މަހާ ދިމާކޮށް ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އިން އައްޑޫގެ ފަގީރު އާއިލާތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމަށް ނަން ނޯޓް ކުރުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 20 ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

ކާބޯތަކެތީގެ އެހީ އަށް ބޭނުންވެފައިވާ އާއިލާތަކަށް ކުރިއަށް ގެންދާ އެހީ ޕްރޮގްރާމަށް ނަން ނޯޓް ކުރަން ގުޅަން ޖެހެނީ 7713663 އާއި 7636649 ނަމްބަރަށެވެ.

އެހީގެ ޕްރޮގްރާމަށް ނަން ނޯޓް ކުރަން ހުޅުވާލީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. ކޮންމެ އަހަރަކު ވެސް ޕްރޮގްރާމްގައި ނަން ނޯޓް ކުރަން ހުޅުވާލުމުން، އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ނަން ނޯޓް ކުރެ އެވެ.

12969275_10153357657671150_259054875_n

ނޫރުލް އިސްލާމުން ބުނީ ނަން ނޯޓް ކުރާ ފަރާތްތަކަކީ އެހީ ހައްގުވާ ބައެއްކަން ކަށަވަރު ކުރުމަށް އެ ޖަމިއްޔާގެ ޓީމްތަކެއް ނަން ނޯޓް ކުރާ އާއިލާތަކަށް ޒިޔާރަތްކޮށް މައުލޫމާތު އިތުރަށް ސާފު ކުރާނެ ކަމަށެވެ.

ނޫރުލް އިސްލާމުން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމަކީ ދީލަތި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.