Last Updated: June 12, 11:16
Friday, June 12, 2026
ސިޔާސީ

އެމްޑީޕީގެ ހާއްސަ ބައްދަލުވުމެއް މިރޭ ހިތަދޫގައި

މި އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ ކަންތައްތައް ރާވައި އިންތިޒާމު ކުރުމަށް އަމާޒުކޮށްގެން މިރޭ އެމްޑީޕީ ހިތަދޫ އޮފީހުގައި ހާއްސަ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

އެމްޑީީޕީގެ އަައްޑޫ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ސޮބްރީ (ފޮޓޯގައި) މިއަދު ވިދާޅުވީ އެމްޑީޕީގެ އައްޑޫ ހުރިހާ ދާއިރާއެއްގެ މެމްބަރުންނަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން އޮންނާނީ މިރޭ 9:30 ގައި ކަމަށެވެ. އޭނާ ވިދާޅުވީ މި ބައްދަލުވުމުގައި ދާދި ފަހުން އެމްޑީޕީ އާ ގުޅިވަޑައިގަތް ޝޭހް ހުސައިން ރަޝީދު އަހުމަދު ވެސް ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

ސޮބްރީ ވިދާޅުވީ އައްޑޫން މިހާރު އަންނަނީ ކެމްޕޭނަށް ވަރަށް ބޮޑަށް ތައްޔާރުވަމުން ކަމަށެވެ. އެގޮތުން މި މަހުގެ 29 ވަނަ ދުވަހު މާލޭން އަންނަ އެމްޑީޕީގެ ކެމްޕޭން ޓީމާ އެކު އެމްޑީޕީ އައްޑޫ ކޮންމެ ދާއިރާއަކުން 10 މީހުން ބައިވެރިވެގެން ކެމްޕޭން ހަރަކާތްތަކަށް ބާއްވަން ނިންމާފައިވާ ކަމަށް ވެސް ސޮބްރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ މަހުގެ ކުރީކޮޅު އެމްޑީޕީގެ ހާއްސަ ޖަލްސާއެއް ވެސް އައްޑޫގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަންނަ މަހުގެ 7 ވަނަ ދުވަހަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްތިވާ އަހަރެއްވާ ދުވަހެވެ.