Last Updated: June 27, 11:53
Saturday, June 27, 2026
ވިޔަފާރި

ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް ފާސްޓް ފުޑުން ފަށައިފި

ހިތަދޫގައި އެންމެ ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ޑެލިވަރީކޮށްދޭ "ފާސްޓް ފުޑް" އިން ލިޓަސް އާއި ގުޅިގެން މެގަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއަދުން ފެށިގެން އަންނަ އޮގަަސްޓްގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެއް ވަނައަށް ދާ ފަރާތަކަށް ލިޓަސް އިން ވަނީ ވޭވް 110 ގެ ސައިކަލެއް ހުށަހަޅައިފަ އެވެ.

އަގުބޮޑެތި އިނާމްތަކާއި އެކު ޕްރޮމޯޝަން ފެށުމުގެ ގޮތުން ފާސްޓް ފުޑްއިން ވަނީ ޕްރޮމޯޝަންގެ ސްޕޮންސަރުންނާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

fast2

"ލިޓަސް ފާސްޓްފުޑް މެގަ ޕްރޮމޯ 2016"ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގެ ކޯސްޕޮންސަރުންނަކީ ހައިޑްރޯ ހޯމް ޑެކޯ އާއި، ޗާންދަލިއާ، އައިލެންޑް ބުކްޝޮޕް އަދި ސްކައި ސިކްސްއެވެ. މި ޕްރޮމޯޝަންގެ މީޑިއާ ޕާޓްނަރަކީ "އައްޑޫލައިވް"އެވެ.

މި ޕްރޮމޯޝަންގެ ދެވަނަ އަށް ދާ ފަރާތަކަށް ހައިޑްރޯ ޑެކޯ ހޯމްކެއާ އިން ސޯފާ ސެޓެއް ހުށަހަޅާފައިވާ އިރު ތިން ވަނަ އިނާމަކަށް އައިލޭންޑް ބުކްޝޮޕްއިން ހުށަހަޅާފައި ވަނީ 42 އިންޗީގެ އެލްސީޑީ ޓީވީއެކެވެ.

އަދި ހަތަރު ވަނަ އިނާމަކަށް ޗާންދަލިއާއިން އޮޓޯ ދޮންނަ މެޝިނެއް ވަނީ ހުށަހަޅައިފަ އެވެ. މި ޕްރޮމޯޝަންގެ ފަސް ވަނައަށް ދާ ފަރާތަކަށް ސްކައި ސިކްސްއިން ވަނީ މާލޭ/ގަން ދެކޮޅު ޓިކެޓް ހުށަހަޅައިފަ އެވެ.

fast3

ފާސްޓް ފުޑްގެ މެނޭޖަރު ނާހިދު ބުނީ، ޕްރޮމޯޝަންގައި ބައިވެރިވުމަށް ފާސްޓް ފުޑަށް އޯޑަރު ދިނުމުން ކާ އެއްޗެއްސާ އެކު ކޫޕަން ލިބޭނެ ކަމަށެވެ.

އަދި ކޫޕަން އެޅުމަށް ހިތަދޫގެ ދެ ސަރަހައްދެއްގައި ކޫޕަން އަޅާ ފޮށި ބަހައްޓާނެ ކަމަށެވެ. އެގޮތުން "ގްލޯ ފުޑް" އާއި "ސަރުސަން 2" ފިހާރައިގައި ކޫޕަން ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

ނާހިދު ބުނީ މިދިޔަ އަހަރުގެ ޕްރޮމޯޝަނަށް ވެސް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރްހީބެއް ލިބުނު ކަމަށާއި، މި ފަހަރުގެ ޕްރޮމޯޝަންގައި ވެސް ކަސްޓަމަރުންނަށް ތަފާތު ރަހަ ތަކާއި އެކު އަގުބޮޑު އިނާމުތަކެއް ލިބިގެންދާނެ ކަމަށެވެ.

ފާސްޓް ފުޑަކީ ހިތަދޫގައި އެންމެ ދުވަސްވީ އަދި އިތުބާރާ އެކު ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތެވެ.