Last Updated: July 27, 18:03
Tuesday, July 28, 2026
ސިއްހަތު

އައިއެމްޑީސީގެ ފަސް ވަނަ އަހަރީ ހަފުލާ މާދަމާ

އަމިއްލަ ފަރާތަކުން އައްޑޫގައި ހިންގާ ހޮސްޕިޓަލް އައިއެމްޑީސީ. ފޮޓޯ/ އައިއެމްޑީސީ

ސ. ހިތަދޫގައި ހިންގާ ޕްރައިވެޓް ހޮސްޕިޓަލް އައިއެމްޑީސީ މަލްޓި ސްޕެޝަލިކޓީ ހޮސްޕިޓަލްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މާދަމާ ހަވީރު ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ހާއްސަ ހަފުލާއެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މި ހަފުލާ އޮންނާނީ ހަވީރު 4:15 ގައި ކަމަށް އައިއެމްޑީސީން ބުންޏެވެ. ހަފުލާ އަށް މިހާރު ވަނީ ގިނަ އަދަދެއްގެ ބަޔަކަށް ދައުވަތު ވެސް ފޮނުވައިފަ އެވެ.

ައައްޑޫގައި ހުރި ހަމައެކަނި ޕްރައިވެޓް ހޮސްޕިޓަލް ކަމަށްވާ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސިސް ސެންޓަރު (އައިއެމްޑީސީ) ހުޅުވައި ހިދުމަތް ދޭން ފަށާފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭގަ އެވެ.