Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ކޯޓަށް ހާޒިރު ކުރަން ފުުލުުހުން ހިތަދޫ މީހަކު ހޯދަން ފަށައިފި

ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރަން ޖެހޭ ހިތަދޫ މީހަކު ހޯދުމުގެ މަަަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ހޯދަނީ ހިތަދޫ، ޅަރީތިގެ، މުޙައްމަދު ރަޝީދު، 35، އެވެ.

އޭނާއަކީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 30 ދުވަހުގެ ތެރޭގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް ދިނުމަށް އެދި ފުލުހުންގެ މައްޗަށްކޮށްފައިވާ އަމުރާކާ ގުޅިގެން ހޯދަން ބޭނުންވެ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ ރަޝީދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރަން ފުލުހުން އެދެ އެވެ.