Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ލަންކާގެ މަޖިލިސް މެމްބަރުންގެ އަމަލުތައް ބަހައްޓަންވީ މިންގަނޑެއް އެކުލަވާލައިފި

އަވަށްޓެރި ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ އަމަލުތައް ބަހައްޓަންވީ އަހްލާގީ މިންގަނޑެއް އެކުލަވާލައި، އެ މިންގަނޑަށް މެމްބަރުންގެ ޚިޔާލު ހޯދަން ފަށައިފި އެވެ.

ސްރީލަންކާގެ ސްރީލަންކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުގައި ބުނެފައިވާ ގޮތުން ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރު ޖަޔަސޫރިޔާ އެކުލަވާލި އެ މިންގަނޑުގައި ބުނާ ގޮތުން، ޕާލަމެންޓުގެ މެމްބަރުން އެހެން މީހެއްގެ އަބުރަށް އަރައިގަނެ، އެހެން މީހަކަށް ބިރު ދެއްކުން ފަދަ ކަމެއް ކޮށްގެން ނުވާނެ އެވެ.

މެންބަރުންގެ އަޚްލާޤީ މިންގަނޑު ބަހައްޓަން ޖެހޭ ގޮތުގެ ޑްރާފްޓްގައި ބުނެފައިވާ ގޮތުން، އަދަބާއި ޚިލާފަށް ކަންތައް ކުރައްވާ މެންބަރުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އިތުރުން ކަނޑައެޅޭ ވަކި މުއްދަތަކަށް މަޖިލީހުން ސަސްޕެންޑް ކުރެވޭނެއެވެ.

އަދި މީގެ އިތުރުން މެމްބަރުންނަކީ ޒިންމާދާރު، ތަހުޒީބީ ބައެއް ކަމަށާއި އެމީހުން ބޭނުންކުރަން ޖެހެނީ މަގާމާ އެއް ފެންވަރުގެ ބަހުރުވަ ކަމަށް ވެސް ކޯޑް އޮފް ކޮންޑަކްޓްގައި ވެ އެވެ.

ޖަޔަސޫރިޔާ އެކުލަވާލި ޑްރާފްޓްގައި މެމްބަރުން ދައުލަތުގެ ފައިސާއާއި މުދަލާއި ވަސީލަތްތައް ބޭނުންކުރަން ޖެހޭނީ އާންމު ރައްޔިތުންގެ މަސްލަހަތަށް އެކަނި ކަމަށް ވެސް ބުނެފައި ވެއެވެ.