Last Updated: May 6, 21:20
Tuesday, May 7, 2024
ޚަބަރު

"ހަވީރު"ގެ އިސްތިއުނާފް ބަލައި ނުގަންނަން ނިންމައިފި

"ހަވީރު" ނޫހުގެ މިލްކުވެރިކަމާއި ގުޅޭ މައްސަލައިގެ އިސްތިއުނާފް ބަލައިނު ގަތުމަށް ސުޕްރިމް ކޯޓުން މިއަދު ނިންމައިފި އެވެ.

ހަވީރުގެ ޗެއާމަނާ ދެކޮޅަށް ގ. ކޮއްގިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގޭ އިބްރާހީމް ރަޝީދު މޫސާ ހަވީރު ނޫހުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިމުނީ މައްސަލަ ހުށަހެޅި ފަރާތްތަކާ ދެކޮޅަށެވެ.

ނަމަވެސް އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ފާރޫގާއި އިބްރާހީމް ރަޝީދު މޫސާ އެދިފައިވާ ގޮތަށް މައްސަލަ ވަނީ ނިމިފަ އެވެ.

0_1380179039130811134818_18_news

އެ މައްސަލަ ޒާހިރު ހުސައިން ޕްރިމް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ނޮވެމްބަރު 26 ވަނަ ދުވަހު އެވެ.

ނަމަވެސް މިއަދާއި ހަމައަށް ވަކިޖަވާބެއް ނުދެއްވައި މައްސަލަ ބޭއްވުމަށްފަހު ، ސުޕްރިމް ކޯޓަށް މައްސަލަ ބަލައިނުގަތުމަށް ވަނީ ނިންމައިފަ އެވެ.