Last Updated: May 8, 13:27
Wednesday, May 8, 2024
ޚަބަރު

"ހަވީރު" މައްސަލައިގެ ތެރެއަށް ސަރުކާރު ވަންނަނީ

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ދުވަހު ނޫސް ކަމަށްވާ "ހަވީރު" ނޫހުގެ ހިއްސާދާރުންގެ މެދުގައި ޖެހިފައިވާ މައްސަލަތަކާ ގުޅިގެން އެ ނޫސް ހުއްޓާލައިފައިވާތީ ނޫސް އަލުން ނެރެވޭނެ ގޮތްތަަކެއް ބެލުމަށް އެ މައްސަލައިގެ ތެރެއަށް ސަރުކާރުން ވަންނަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ "ހަބަރު ތެރެެއިން" ޕްރޮގްރާމްގައި އުމަރު ވިދާޅުވީ ރާއްޖޭގައި ތަފާތު ގޮތް ގޮތަށް ތަފާތު ވިސްނުމުގައި މަސައްކަތް ކުރާ ނޫސްތައް ހުރި އިރު ހަވީރަކީ އެންމެ ގިނަ ބަޔަކު އެންމެ އިތުބާރު ކުރާ ނޫސް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ނޫސް ހުއްޓިފައި އޮތުމަކީ ސަރުކާރުން ވެސް ބޭނުންވާ ގޮތް ނޫން ކަމަށެވެ.

އުމަރު ވިދާޅުވީ ހަވީރު ނޫސް ނެރުން ހުއްޓިފައިވާތީ އެ މައްސަލައަށް ރަނގަޅު ހައްލެއް ނެރުމަށް ސަރުކާރުގެ ތެރޭގައި ވެސް މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި އެކަމާ މާދަމާ ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި އެވެ.

umar

އެގޮތުން ރައީސް އަބްދުﷲ ޔާމިނާ ބަންޑާރަ ނައިބް މުހައްމަދު އަނިލް އާ މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން މިހާރު ވަނީ މި މައްސަލައިގެ ތެރެއަށް ވަނުމަށް ނިންމާފައި. މާދަމާ އަަޅުގަނޑުމެން މިމަސައްކަތް ފަށާނަން," އުމަރު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ހަވީރު ނޫސް ނެރެން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން މި މައްސަލައިގެ ތެރެއަށް ވަދެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާނީ ހަވީރު ނޫހާ ގުޅޭގޮތުން ކޯޓްތަކުން ކޮށްފައިވާ ހުކުމްތަކާއި އަމުރުތަކަށް ވެސް ބަލައިގެން ކަމަށެވެ.