Last Updated: May 19, 06:08
Sunday, May 19, 2024
ސިޔާސީ

އެމްޑީޕީ އައްޑޫ ޖަލްސާގައި ރައްޔިތުން ބައިވެރިވާން ނަޝީދު އެދިއްޖެ

އެމްޑީޕީން "ވަގު ޔަގީން" ގެ ނަމުގައި މާދަމާ ރޭ ފޭދޫގައި ބާއްވާ ޖަލްސާގައި އައްޑޫގެ ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އައްޑޫގެ ރޫހަކީ ޑިމޮކްރަސީ އާއި ތަރައްގީ އަށް ތާއީދު ކުރާ އައްޑޫ ރައްޔިތުން ކަމަށެވެ.

އަދި ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބާއްވާ ޖަލްސާގައި ބައިވެރިވުން އެދޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

JKJKL

ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައި ފޭދޫ އެމްޑީޕީ އޮފީސް ކުރިމަތީގައި ބާއްވާ ޖަލްސާގައި އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ފޭދޫ އެމްޑީޕީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ޖަލްސާއަށް ފޭދޫ އަށް ދާން ބޭނުންވާ ފަރާތްތަކަށް ބުރާސްފަތި ދުވަހުގެ ރޭ 8:00 އިން ފެށިގެން ބަސް ސްޓޮޕްތަކުން ދަތުރުގެ ކަންކަން ހަމަޖެހޭނެ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސަރުކާރު ހިންގާ ޕީޕީއެމުން ވެސް އައްޑޫގައި ބޮޑު ޖަލްސާއެއް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.