Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ފޭދޫ ހައުސިން ޔުނިޓްތަކަށް ކުރިމަތިިިލި މީހުންގެ ޕޮއިންޓް ލިސްޓް ނެރެފި

ފޭދޫގެ ހައުސިން ޔުނިޓްތަކެއް: ފޮޓޯ/ އައްޑޫ ލައިވް

ސ. ފޭދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ނިންމައި، އެ ފަރާތްތަކަށް ޕޮއިންޓް ލިބުނު އުސޫލުތައް މިއަދު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފޭދޫގައި އިމާރާތްކޮށްފައިވާ 25 ހައުސިން ޔުނިޓަށް އެދުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލާފައި ވަނީ 339 ފަރާތަކުންނެވެ. ހައުސިން ޔުނިޓްތަކަށް އެދުނު ފަރާތްތަކުގެ ޕޮއިންޓް ލިސްޓަށް ބަލާ އިރު، 50 ޕޮއިންޓަށް ވުރެ މަތިން ލިބިގެން ގުރުއަތަށް ދަނީ 224 މީހުންނެވެ.

ފޭދޫ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) މިއަދު ވިދާޅުވީ ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނު މިންވަރާއި އުސޫލްތައް އާންމު ކުރި އިރު، ރަށުގައި ހުންނަ އައްޑޫ ސިޓީ ކައުންސިލްގެ ބިޒްނަސް ޑިޕާޓްމަންޓްގެ ނޯޓިސް ބޯޑުން ލިސްޓް ބަލާލެވެން މިހާރު ހުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޕޮއިންޓް ލިބުނު ގޮތާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު ފަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ގުރުލުން އެ ރެ އެވެ.

ފޭދޫގެ ދެ ސަރަހައްދެއްގައި ކުރީގެ ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި މަހަކު ދައްކަން ޖެހެނީ 3،000ރ. އެވެ. އަދި ޑައުންޕޭމަންޓްގެ ގޮތުގައި 30،000ރ. ދައްކަން ޖެހެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ޑައުންޕޭމަންޓް ތިން ބުރަކަށް ބަހާލައިގެން ފަހަރަކު 10،000ރ. ދެއްކޭނެ ގޮތެއްވޭތޯ މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.