Last Updated: April 25, 12:03
Thursday, April 25, 2024
ސިޔާސީ

އެމްޑީޕީގެ ޓީމަށް އައްޑޫން ހޫނު މަރުހަބާއެއް

މިރޭގެ އެމްޑީޕީ ޖަލްސާގައި ބައިވެރިވުމަށް އައްޑޫއަށް އައި އެމްޑީޕީގެ ލީޑާޝިޕްގެ މެންބަރުންނަށް މަރުޙަބާ ކިޔުން.

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން މިރޭ ފޭދޫގައި ބާއްވާ "ވައްކަން ޔަގީން" ޖަލްސާ އަށް މާލޭން އައްޑު އަށް އައި ޓީމަށް އައްޑޫން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މިއަދު ހެނދުނު ގަން އެއާޕޯޓުން އެ ޓީމަށް މަރުހަބާ ކިޔާފައި ވަނީ އައްޑޫގެ އެމްޑީޕީގެ މެމްބަރުންނެވެ. އައްޑު އަށް އައި ޓީމްގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި އެ ޕާޓީގެ ލީޑަޝިޕްގެ އެ ނޫން ވެސް ބޭފުޅުންނާއި މަލިޖިސް މެމްބަރުން ވެސް ހިމެނެ އެވެ.

ފޭދޫގައި ހުންނަ އެމްޑީޕީ އޮފީސް ކުރިމަތީގައި މިރޭ ބާއްވާ ޖަލްސާގައި އައްޑޫގެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެން ޓްވީޓް ކުރައްވައިފަ އެވެ.

އެމްޑީޕީން ބުނީ މިރޭ ފޭދޫގައި ބާއްވާ ޖަލްސާއަކީ ގިނަ ބަޔަކު ވާހަކަ ދައްކާނެ ފޯރި ގަދަ ޖަލްސާއަކަށް ވާނެ ކަަމަށެވެ.