Last Updated: May 4, 10:04
Sunday, May 4, 2025
ސިޔާސީ

މެޑަމް ފާތުން އޮފީހުގެ 12 މުވައްޒަފަކަށް އެސްއެމްއީ ލޯން!

ރައީސް ޔާމީން އާއި އަނބިކަބަލުން ފާޠިމަތު އިބްރާހިމް.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާޠުން)ގެ އޮފީހުގައި މަސައްކަތް ކުރާ 12 މުވައްޒަފަކަށް ސަރުކާރުން ޒުވާނުންގެ ތަރައްޤީއަށް ދިނުމަށް ހަމަޖެއްސި އެސްއެމްއީ ލޯން ހަމަޖެހިއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތުދިން ސަރުކާރު ހިންގާ ޕާޓީގެ މަޖްލިސް މެމްބަރަކު ވިދާޅުވީ މެޑަމް ފާޠުން އޮފީހުގައި މަސައްކަތް ކުރާ 12 މުވައްޒަފުންނަށް ލޯން ހަމަޖެހިފައިވާ ކަމަށާއި، އެކަމާއި ގުޅޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.

މެމްބަރު ވިދާޅުވީ އެފަރާތްތަކާއި އެސްއެމްއީ ލޯން ހަމަޖެހުނު ކަމުގެ ލިއުން ހަވާލު ނުކުރެވިގެން އުޅެނީ އިކޮނޮމިކް މިނިސްޓްރީ ތެރެއިން އެސްއެމްއީ ލޯން އިވެލުއޭޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު މިވަގުތު އިންޑިއާގައި ހުރުމުން ކަމަށެވެ.

މެޑަމް ފާޠުންގެ އޮފީހަކީ ރައީސް ޔާމީންގެ ސިޔާސީ ހަރަކާތް އިންތިޒާމް ކުރާ މައި ޖަގަހައެވެ. މިއޮފީހުން އަންނަނީ ޕީޕީއެމް މަހާސިންތާ އާއި ސިޔާސީ ޖަލްސާތައް އިންތިޒާމް ކުރަމުންނެވެ.