Last Updated: June 6, 13:44
Saturday, June 6, 2026
ކުޅިވަރު

ފޭދޫގައި މިއަދު ހާއްސަ ފުޓްބޯޅަ މެޗެއް

ފޭދޫގައި މިއަދު ހާއްސަ ފުޓްބޯޅަ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފޭދޫ ދަނޑުގައި ކުޅޭ މި މެޗްގައި ބައްދަ ކުރާނީ "މިނިވަން 50" ފުޓްބޯޅަ ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ފޭދޫ ފުޓްބޯލް ޓީމާއި ފޭދޫގެ ކުރީގެ ކުޅުންތެރިން ހިމެނޭ ޓީމެކެވެ.

ފޭދޫ ފުޓްބޯލް ޓީމްގެ އޮފިޝަަަލަކު "އައްޑޫ ލައިވް" އަށް ބުނީ މެޗް ފަށާނީ ހަވީރު 4:00 ގައި ކަމަށެވެ. އަދިި މިއީ ދެ ޓީމްގެ މެދުގައި ކުޅޭ އެކުވަރިކަމުގެ މެޗެއް ކަަމަށް ވެސް އޭނާ ބުންޏެވެ.

މި މެޗްގެ ތެރޭގައި ފޭދޫ ކުރީގެ ކުޅުންތެރިންގެ ޓީމްގެ ފަރާތުން ފޭދޫ ސްޕޯޓްސް އަށް ކުޅިވަރު ސާމާނު ވެސް ހަދިޔާ ކުރަން ވަނީ ހަމަޖެހިފަ އެވެ.