މަންދު ކޮލެޖުން ފުރަތަމަ ފަހަރަށް މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) އަދި މާސްޓާސް އޮފް އެޑިއުކޭޝަން (އެމްއީޑީ) ކޯސްތައް ތައާރަފްކޮށްފި އެވެ.
މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ އަލަށް ތައާރަފް ކުރާ ކޯސްތަކުގެ މޮޑިއުލްތައް ކިޔަވައިދޭނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ތަޖްރިބާ ކާރު ބޭފުޅުން ކަމަށެވެ.
މަންދު ކޮލެޖްގެ މާލެ ކެމްޕަސްގެ އިތުރުން ވާޗުއަލް ކެމްޕަސްގައި އެ ކޯސްތައް ކުރިއަށް ގެންދާއިރު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލެވިފައެވެ.
ޖުލައި މަހު ފަށަން ރާވާފައިވާ އެމްބީއޭ ކޯހުގެ މުއްދަތަކީ 15 މަސް ދުވަހެވެ. އަދި އެމްއީޑީގެ މުއްދަތަކީ 18 މަސް ދުވަހެވެ.
އެމްބީއޭ ކޯހުގައި މަހު ފީގެ ގޮތުގައި ދައްކަން ޖެހެނީ 4200 ރުފިޔާއެވެ. އަދި އެމްއީޑީ ކޯހުގެ މަހުފީ އަކަށް ކަނޑައަޅާފައިވަނީ 3777 ރުފިޔާއެވެ.
އަލަށް އިއުލާނު ކުރި ދެ ކޯހުގެ އިތުރުން މަންދު ކޮލެޖުން އަންނަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓް ކުރާ އަދި އިނގިރޭސިވިލާތުގެ 50 ޔުނިވާސިޓީއަކުން ގަބޫލުކުރާ ފެންވަރުގައި ތަފާތު ދާއިރާތަކުން ފައުންޑޭޝަން، ޑިޕްލޮމާ، އެޑްވާންސް ޑިޕްލޮމާ އަދި ޑިގްރީ ޕްރޮގްރާމްތައް ހިންގަމުންނެވެ