Last Updated: April 19, 13:47
Friday, April 19, 2024
ސިޔާސީ

ނަޝީދުގެ ފަރުވާ އަށް އިތުރު 30 ދުވަސް ދީފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސް ފަރުވާ އަށް އިތުރު އެއް މަސް ދުވަހުގެ މުއްދަތެއް ދީފި އެވެ.

ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަޝީދު ފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވި މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.

އެ މަނިކުފާނުގެ ބޭސް ފަރުވާ އިތުރު 30 ދުވަހުގެ މުއްދަތެއް ދިންކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ކަށަވަރުކޮށް ދީފަ އެވެ.

މުއްދަތު އިތުުރުކޮށް ދިން އިރު ކުރިން ދިން މުއްދަތު ހަަމަވެ، ކަގިނަ ދުވަސްތަކެއް ވަނީ ފާއިތުވުގެެން ގޮސްފަ އެވެ.

އެހެންވެ ނަޝީދު ވީހާ ވެސް އަވަހަކަށް އެނބުރިވަޑައިގަތުމަށް ކަރެކްޝަންސް އިން މި މަހުގެ 6 ވަނަ ދުވަހު އަންގާފައިވެ އެވެ.

ކަރެކްޝަންސް އިން ބުނީ ފަރުވާ އަށް ނަޝީދަށް އިތުރު 30 ދުވަސް ދިނީ މިއަދުން ފެށިގެން ކަމަށެވެ.