މިއަދު ރިލީޒްވި "ރޭސް 2" ގައި މުހިއްމު ރޯލެއް އަދާކޮށްފައިވާ އަމީޝާ ޕަޓޭލްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން އޭނާ ޕްރޮޑިއުސްކޮށް، އެކްޓް ކުރާ "ދޭސީ މެޖިކް" ގައި އަދާ ކުރަން ޖެހޭ ރޯލަކީ މިހާތަނަށް ކުޅެން ޖެހޭ އެންމެ އުނދަގޫ ރޯޯލް ކަމަށް އަމީޝާ ޕަޓޭލް ބުނެފި އެވެ.
އަމީޝާގެ ކުންފުނި "އަމީޝާ ޕަޓޭލް ޕްރޮޑަކްޝަން" އިން އުފައްދާ ފުރަތަމަ ފިލްްމްގެ މަސައްކަތް އަންނަ އެޕްރީލް މަހު ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި ފިލްމްގެ ސްކްރިޕްޓް ލިޔެފައި ވަނީ "ދޫމް" އާއި "ދޫމް 2" އަދި "އަޖަބް ގަޖަބް ލަވް" ގެ ޑައިރެކްޓަރު ސަންޖޭ ގަދްވީ އެވެ. މި ފިލްމް ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ ޑައިރެކްޓަރުގެ ގޮނޑީފައި އަލަށް އިށީންނަ ފަންނާނެކެވެ.
"ދޭސީ މެޖިކް" ގައި އަމީޝާ ޕަޓޭލް ފެނިގެން ދާނީ ފުރަތަމަ ފަހަރަށް ޑަބަލް ރޯލުންނެވެ. ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން "ކަހޯނާ ފިހާރު ހޭ" އިން ބޮލީވުޑަށް ތައާރަފްވެ، ކާމިޔާބް ފިލްމްތަކެެއް ކުޅެފައިވާ އަމީޝާ، 37، ބުނީ އޭނާގެ ފުރަތަމަ ޕްރޮޑަކްޝަަންގެ މަސައްކަތް ފެށޭތީ ވަރަށް އުފާވާ ކަމަށެވެ.
އަމީޝާގެ ކުރިއަށް ހުރި ފިލްމްތަކިގެ ތެރޭގައި ނީލް ނިތިން މުކޭޝް އާ އެކު ލީޑް ރޯލް ކުޅޭ "ޝޯޓްކަޓް ރޯމިއޯ"، ސަނީ ޑިއޯލް އާ އެކު "ބެއްޔާޖީ ސްޕަހިޓް" އަދި "ރަން ބޯލާ ރަން" ހިމެނެ އެވެ.