Last Updated: May 11, 17:55
Sunday, May 11, 2025
ކުޅިވަރު

ކާލޯސް ރޮލެކްސްގެ ޗެމްޕިއަންކަން ނަޑާލް ހޯދައިފި

މޮންޓް-ކާލޯސް ރޮލެކްސް މާސްޓާސް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ރަފޭލް ނަޑާލް ހޯދައިފި އެވެ.

އޭނާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ގައެލް މޮންފިލްސް އާއި ވާދަކޮށް ދެސެޓް އެއް ސެޓުން މޮޅުވެގެންނެވެ.

ފުރަތަމަ ސެޓު 5-7 އިން ނަޑާލް ކާމިޔާބު ކުރި އިރު ދެވަނަ ސެޓް ގައެލް ވަނީ ހަމަ އެ އަދަދުން ކާމިޔާބުކޮށްފަ އެވެ. ތިންވަނަ ސެޓު ނަޑާލް ކާމިޔާބުކޮށްފައި ވަނީ 0-6 އިންނެވެ.

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހިފައި އެނބުރި އައި ފަހުން މުހިއްމު މެޗުތަކުން ނަޑާލް ބަލިވެ އޭނާގެ ކެރިއަރު ނިމުމަކާ ގާތަށް އައިސްފައިވާ ކަމަށް މީހުން ފާޑު ކިޔާފައިވާ އިރު މިއީ އޭނާ ފާޑުކިޔުންތެރިންނަށް ދިން ރަގަޅު ރައްދެއް ކަމަށް ވެގެން ދާނެ އެވެ.

ނަޑާލްގެ ކެރިއަރުގައި 28 މާސްޓާ ޓައިޓްލް ހޯދާފައިވާ އިރު މިއީ އޭނާގެ 9 ވަނަ މޮންޓް-ކާލޯ ޓައިޓަލް އެވެ.

ދެހާސް ބާރަ ވަނަ އަހަރު އޭނާގެ ފުރަތަމަ މޮންޓް-ކާލޯ ހޯދާފައިވާ އިރު އެފަހުން އޭނާ ހޯދާފައިވާ ކާމިޔާބީތައް ވަރަށް ގިނަ އެވެ.

މިރޭގެ މެޗަކީ އޭނާ ފަހުގެ ތާރީހެއްގައި ކުޅުނު އެންމެ ވަރުގަދަ މެޗެވެ. އެގޮތުން މެޗްގެ ފަހު ސެޓުގައި ނަޑާލް ވަނީ 6-0 އިން ގައެލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.