Last Updated: May 5, 19:21
Sunday, May 5, 2024
ޚަބަރު

ކާނަލް ނާޒިމް މާލެ އައުމަށް ދެ ދުވަހުގެ މުހުލަތެއް

ބޭސް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން ހުންނެވި ކާނަލް ނާޒިމް 48 ގަޑި އިރު ތެރޭގައި އެނބުރި މާލެ ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން އަންގައިފި އެވެ.

ކަރެކްޝަންސް އިން މިކަން އަންގާފައި ވަނީ ކާނަލް ނާޒިމްގެ އަނބިކަބަލުން އަފާފް އަބްދުލް މަޖީދަށް ފޮނުވި ސިޓީއެއްގަ އެވެ.

މި ކަން ކަރެކްޝަނަލް ސާވިސަސް އިން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. ކަރެކްޝަންސް އިން ބުނީ ކާނަލް ނާޒިމްގެ ބޭސް ފަރުވާއަށް ދިން މުއްދަތު މި މަހުގެ ހަތް ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށެވެ.

ކާނަލް ނާޒިމްގެ ބޭސް ފަރުވާގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ބުނެ ކަރެކްޝަނަލް ސާވިސް އިން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ 48 ގަޑި އިރުގެ ތެރޭގައި ކާނަލް ނާޒިމް ކަރެކްޝަންސް އާ ހަވާލު ނުކޮށްފި ނަމަ، ކަރެކްޝަނަލް ސާވިސް އިން ކާނަލް ނާޒިމް މާލެ ގެނައުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ނާޒިމްގެ އާއިލާއަށް އެ ސިޓީގައި ވަނީ އަންގައިފަ އެވެ.