މުރަނގަ ތޮޅިއަކީ ދިވެހީންގެ ތެރޭގައި ވަރަަށް އާންމު ބާވަތެވެ. މުރަނގަ ތޮޅިން ކިރުގަރުދިޔަ ކެއްކުމާއި އޭގެ ފަތުން ސަޓަނި ހެދުމާއި ފަތް ތެލުލުމަކީ ހަމަ ވަރަށް އާންމު ކަމެކެވެ.
އަނގަޔަށް މީރު ސިިއްހީ ގޮތުން ވެސް ފައިދާތައް ގިނަ މުރަނގަ ތޮޅި އާއި އޭގެ ފަތުގެ އިތުރަށް މުރަނގަ މަލަކީ ވެސް ހަމަ އެހާމެ ފައިދާތައް ގިނަ އެއްޗެކެވެ. އެހެންވެ އޭގެ މާ އެއް ގޮތަކަށް ވެސް ދޫކޮށް ނުލާށެވެ.
ހާއްސަކޮށް މުރަނގަ މަލަކީ ފިރިހެނުންނަށް އުފާވެރިކަން ގެނެސް ދޭނެ އެއްޗެކެވެ.
ދިރާސާއަކުން މިހާރު ދައްކާފައިވާ ގޮތުގައި ވިޓަމިން ބީން މުއްސަނދިވެފައިވާ މުރަނގަ މަަލަކީ ފިރިހެނުންގެ ޖިންސީ ބާރުވެރިކަން އިތުރުކޮށްދޭ އެއްޗެކެވެ. އެގޮތުން މުރަނގަ މާ ކާ ނަމަ ދަރިފަނި އާލާވުމާއި ދަރިފަނީގެ ކޮލިޓީ މަތިކޮށްދެ އެވެ.
އަދި ޖިންސީ ގުނަވަނުގައި ބާރު ނުޖެހުމާއި ދަރިފަނި މާ ބޮޑަށް ތުނިވެ އޮލަ ކަމެއް ނުހުރުން ފަދަ މައްސަލަތަަކަށް މުރަނގަ މާ ކެއުމުން ފަރުވާ ލިބެ އެވެ.
ތަޖުރިބާކާރުން ވިދާޅުވަނީ މި ފަދަ މައްސަލަތައް ހުންނަ ފިރިހެނުން މުރަނގަ މާ ކާތާ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އޭގެ ފައިދާތައް ފެންނަން ފަށާނެ ކަމަށެވެ. އަދި އެކަން އަމިއްލަ އަށް ތަޖުރިބާ ކުރެވެން ވެސް ފަށާނެ އެވެ.
މި ހިސާބުން ދެން އުފެދޭ ސުވާލަކީ މުރަނގަ މާ ބޭނުން ކުރާނީ ކިހިނެއްތޯ އެވެ؟ ހަދަން ޖެހޭ ގޮތަކީ ބިއްލޫރި ތައްޓެއްހާ ކިރު ތެއްޔަކަށް އަޅާފައި ހޫނު ކުރާށެވެ. ދެން އޭގެ ތެރެއަށް މުރަނގަ މަލާއި ފޮނިތޮށި އަދި ރަހަލާ ވަރަށް ހަކުރު އަޅާފައި ރަނގަކަށް ކައްކާށެެވެ.
ކިރުގަނޑު ރަނގަކަށް ކެކުނީ ހިހޫވެލުމުން ބިއްލޫރި ތައްޓަށް އަަޅައިގެން ބޯލާނީ އެވެ. މިގޮތަށް ކޮންމެ ދުވަހަކު ވެސް މުރަނގަ މާ ކިރު ތައްޓެއް ބޯން ޖެހޭނެ އެވެ.