ތިއީ ކައިވެންޏަކަށް ތައްޔާރުވަމުން އަންނަ މީހެއް ހެއްޔެވެ؟ ނުވަތަ ކައިވެންޏެއްކޮށްގެން އުޅޭ މީހެއް ހެއްޔެވެ؟
އެހެންވެއްޖިއްޔާ ބައިވެރިޔާގެ ވަފާތެރިކަމާ ދޭތެރޭ އޮންނަ ޔަގީންްކަން އިތުރަށް ބޮޑު ކުރަން ބޭނުން ނަަމަ، "ސްމާޓް ގޮދަނޑި" އެއް ހޯދާށެވެ. ނުވަތަ "ސްމާޓްރެސް" އެއް ހޯދާށެވެ.
މިއީ މިހާރު ކޮޓަރި އަށް އެންމެ މުހިއްމު ވާނެ އެކައްޗެެވެ. ހާއްސަކޮށް ވަޒީފާތަކުގައި އުޅޭ ބައިވެރިންނަށެވެ.
އޭރުން ގޭގައި ބައިވެރިޔާ ނެތް ވަގުތެއް ބަލާފައި ހިލޭ މީހަކު ކޮޓަރި އަށް ވައްދައިގެން އެނދުމަތީގައި "ގަނޑުގެންފި" ނަމަވެސް އެކަން ސިއްރެއް ނުކުރެވޭނެ އެވެ.
ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ ޑާމެޓުން ވުޖޫދަށް ގެނައި "ސްމާޓް" ގޮދަނޑިއަކީ އޭގެ އެތެރޭގައި ހިމަނާފައިވާ ސެންސަތަކުން، ގޮދަނޑި އަށް އަންނަ ޕްރެޝަރު ބުނެދޭ އެއްޗެކެވެ. ބަލާބެލުމަށް މި ގޮދަނޑި އާދައިގެ ގޮދަނޑިއަކާ އެއްވެސް ތަފާތެއް ނުހުންނާނެ އެވެ.
އެކަމަކު މީގެ އެތެރޭގައި ބޭނުންކޮށްފައިވާ ސެންސަރުތަކުން ގޮދަނޑި މަތީގައި "ގަންނަ ގަނޑު" އަންގައި ދޭނެ އެވެ.
ގޮދަނޑީގައި ހިމަނާފައިވާ މި ސިސްޓަމަށް ދީފައިވާ ނަމަކީ "ލަވާ ޑިޓެކްޝަން ސިސްޓަމް" އެވެ. މިއީ 24 ގަޑި އިރު މަަަސައްކަތް ކުރާ ނިޒާމެކެވެ.
އެހެންވެ ގޮދަނޑި އަށް އަންނަ "ލޮޅުންތައް" އަތުގައި ގެންގުޅޭ މޮބައިލް ފޯނަށް ޑައުންލޯޑްކޮށްފައިވާ އެޕްލިކޭޝަނަކުން އަންގައި ދޭނެ އެވެ.
އެގޮތުން ލޮޅުން އެރީ ސީދާ ގޮދަނޑީގެ ކޮން ދިމާލަކަށްކަން ވެސް 3ޑީ މަންޒަރުތަކާ އެކު އެޕުން ދައްކައި ދޭނެ އެވެ.
މި އުފެއްދުން ވުޖޫދަށް ގެނައި ޑާމެޓް ކުންފުނީގެ ތަރުޖަމާނު ޖޯސް އެންޓޯނިއާ މޫނޮސް ބުނީ "ސްމާޓް" ގޮދަނޑިއެއް ވުޖޫދަށް ގެންނަން ޖެހުނީ ސްޕެއިނަކީ މުޅި ޔޫރަަޕަށް ބަލާ އިރު ވެސް ބައިވެރިޔާ އަށް އެންމެ ބޮޑަށް މަކަރު ހަދާ، މީހުން އުޅޭ ގައުމަށްވާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ.
"އެކަމަކު މިއީ ހަމަ އެހެން ގަމުތަކަށް ވެސް މުހިއްމު އުފެއްދުމަަކަށް ވާނެތީ ސްމާޓް ގޮދަނޑި އެހެން ގައުމުތަކުގައި ވެސް ވިއްކަން މިހާރު ވަނީ ނިންމާފައި،" އެންޓޯނިއޯ ބުންޏެވެ.
