Last Updated: May 5, 13:23
Sunday, May 5, 2024
ރިޕޯޓް

ޕީޖީގެ ވަކީލުން؛ ދިފާއީ ވަކީލުންގެ ލޯ ފާމްތަކުގައި!

ޕީޖީގެ އިސްވެރިންތަކެއް ބައްދަލުވުމެއްގައި. ފޮޓޯ: ޕީޖީ

ޕީޖކީ އޮފީހުގެ ވަކީލުން ކުށްވެރިން ސަލާމަތްކުރުމަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދޭނެއެވެ. ސިޔާސީ ފަރާތްތަކުގެ ނުފޫޒަށް ބިރުން މަސައްކަތް ނުކުރާނެއެވެ. މަސައްކަތް ކުރައްވާނީ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށެވެ. ސިއްރު ހެކިންގެ މައުލޫމާތެއް އެބޭފުޅުން ހާމައެއް ނުކުރާނެއެވެ. ދިފާޢީ ވަކީލުންނާއި އެކު ބައްދަލުވުމެއް ނުބާއްވާނެއެވެ.ޕީޖީ އޮފީހުގެ އަމާޒަކީ ވެސް ޤާނޫނީ ގޮތުން ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް ހަމަހަމަކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު، ނުފޫޒުން އެއްކިބާވެތިބެ، އަވަސްކަމާއެކު އަދާކުރުމެވެ.

މިއީ ޕީޖީ އޮފީހާއި ބެހޭ ގޮތުން އެ އޮފީހުގައި މަސައްކަތް ކުރައްވާ ވަކީލުން ޤަބޫލުކުރައްވާ ނުވަތަ އެހެން ފަރާތްތަކަށް ކިޔައި ދެއްވަން ބޭނުންފުޅުވާ ވާހަކައެވެ. ނަމަވެސް މެންދުރުގެ އިރު ފަދައިން އެ ބޭފުޅުން މަސައްކަތް ކުރައްވާ ގޮތް ދިވެހި ރައްޔިތުންނަށް ކޮންމެ ދުވަހަކު ވެސް މިގެންދަނީ ހާމަވަމުންނެވެ.

ނަމުން މިނިވަން ވިޔަސް ކުރައްވާ މަސައްކަތް ތަކުން ދޭހަވަމުން ދަނީ ދެނީ، މަޤާމަށް ދަހިވެތިވެފައިވާ މިންވަރާއި، ސިޔާސީ ފަރާތްތަކުން ކޮންޓްރޯލް ކުރާ ރޮބޮޓް ތަކެއްގެ ގޮތުގައެވެ. ސިޔާސީ ވެރިން ޖައްސަވާ ބެރަށް ނަށްޓަވަން ތިއްބަވާ ބައެއްގެ ގޮތުގައެވެ.

ޕީޖީ އޮފީހުގެ ވަކީލުންގެ މަސައްކަތަށް ބަލާއިރު، އެ ވަކީލުން އޮފީހުގެ ރަސްމީ މަސައްކަތަށް ފަހު، އެހެން ލޯ ފާމެއްގައި މަސައްކަތް ކުރުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ވަކިން ޚާއްސަ ގޮތެއްގައި ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ދިފާޢީ ވަކީލުކަން ކުރައްވާ ބޭފުޅުންގެ ލޯ ފާމްތަކުގައި ޕީޖީ އޮފީހުގެ ވަކީލުން މަސައްކަތް ކުރެއްވުމަކީ، އެ އޮފީހުގެ މަސައްކަތް މިނިވަން ކަމާއި އެކު ކުރުމަށް ހުރަސް އެޅޭނެ ކަމެއްކަން ޔަޤީނެވެ.

ޕީޖީ އޮފީހުގެ ސީނިއާރ މުވައްޒަފަކު 'އައްޑޫލައިވް' އަށް ވިދާޅުވީ، އެ އޮފީހުގެ ވަކީލުން މަޤާމުގެ މަސްލަޙަތު ފުށުއަރާ އެއްވެސް ކަމެއް ކުރުމާއި އަދި އެހެން ވަޒީފާއެއް އަދާކުރުމަކީ މަނާ ކަމެއް ކަމަށެވެ.

" މި އޮފީހުގެ ވަކީލުންނަށް މަނާ ކަމެއް އެހެން ލޯ ފާމްތަކުގައި މަސައްކަތް ކުރުމަކީ، އެގޮތަށް މަސައްކަތް ކުރެއްވި ބައެއް ވަކީލުންނާއި މެދު ވާނެ ފިޔަވަޅު އަޅާފައި ވާނެ ކުރިން ވެސް"

އެހެން ނަމަވެސް އެ ފިޔަވަޅު ނޭޅޭ ބައެއް ވަކީލުން އޮފީހުގައި ތިއްބަވާ ކަމަށް އޭނާ އެއްބަސްވެއެވެ.

އެގޮތުން ކުރީގެ ނައިބް ރައީސް އަހްމަދް އަދީބުގެ ޤާނޫނީ ޓީމުގައި މަސައްކަތް ކުރެއްވި އަލްއުސްތާޛް އަލީ ނަދީމްގެ ލޯ ފާމްގައި ޕީޖީ އޮފީހުގެ 2 ވަކީލަކު މަސައްކަތް ކުރައްވަމުން ގެންދަވާތީ އެކަން ފާހަގަކުރައްވިއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ޕީޖީ އޮފީހުގެ މުވައްޒަފަކު ބުނި ގޮތުގައި އަލީ ނަދީމްގެ ލޯ ފާމްގައި މަސައްކަތް ކުރައްވަނީ، ޕީޖީ އޮފީހުގެ ވަކީލް ހިޝާމް އާއި ނޫރުއް ސަލާމެވެ. ދެ ވަކީލުންނަކީ ވެސް ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލުންނެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ޕީޖީ އޮފީހުގެ މުވައްޒަފަކު ބުނި ގޮތުގައި އަލީ ނަދީމްގެ ލޯ ފާމްގައި މަސައްކަތް ކުރައްވަނީ، ޕީޖީ އޮފީހުގެ ވަކީލް ހިޝާމް އާއި ނޫރުއް ސަލާމެވެ. ދެ ވަކީލުންނަކީ ވެސް ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލުންނެވެ.

މީގެ އިތުރުން ވެސް މާލޭގައި ހިންގާ ބައެއް ލޯ ފާމްތަކުގައި، ޕީޖީ އޮފީހުގެ ވަކީލުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެއެވެ.

"ބޮޑެތި ކުށްވެރިންގެ މައްސަލަތައް ނާކާމިޔާބުވެ ކުށްވެރިންތައް މުޖްތަމަޢުގެ ތެރެއަށް ދޫވެގެން ދާ މައްސަލައިގައި ފަނޑިޔާރުން ޒިންމާ ވާ ގޮތަށް ޕީޖީ އޮފީހުގެ ވަކީލުން ވެސް ޒިންމާ ނަންގަވަން ޖެހޭނެ،" އޭޖީ އޮފީހުގެ ވަކީލަކު ބުންޏެވެ.

ހޮޓާ ރެސްޓޯރެންޓް ތަކުގައި ސިޔާސީ ބޭފުޅުންނާއި އެކު ސިއްރު ބައްދަލުވުންތައް ބޭއްވުމާއި، މައްސަލަތަކުގައި ދައުލަތުން ހުށަހަޅާ ސިއްރު ހެކިންގެ މައުލޫމާތު އެންމެ ގިނައިން ލީކް ކޮށްލާ ކަމުގެ ތުހުމަތު ޕީޖީ އޮފީހުގެ ވަކީލުންނަށް ކުރެވިފައި ވިޔަސް އެއީ މިނިވަންކަމާއި އެކު މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ހަރު އަޑުން ވިދާޅުވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަމާޒަކީ، އެ އޮފީހާއި މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް ހަމަހަމަކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު، ނުފޫޒުން އެއްކިބާވެތިބެ، އަވަސްކަމާއެކު އަދާކުރުން ކަމަށް ވެބްސައިޓްގައި ލިޔެފައިވެއެވެ.

އެހެން ނަމަވެސް މެންދުރުގެ އިރުފަދައިން ރައްޔިތުންނަށް ފެންނަނީ މިނިވަން މުއައްސަސާގެ ޓެގް އަޅުވައިގެން ޕީޖީ އޮފީހުގެ އަމާޒާއި ދިމާ އިދިކޮޅަށް އެ އޮފީހުގެ ބައެއް ވަކީލުން މަސައްކަތް ކުރައްވާ މަންޒަރެވެ.

އަދި އެ ވަކީލުންނާއި މެދު ފިޔަވަޅު އެޅުމަށް ޚުދު ޕްރޮސިކިއުޓަރ ޖެނެރަލް ވެސް ނުކުޅެދިފައިވާ މަންޒަރު ވެސް މެއެވެ.