“އަފިރިންގެ އަމާން އައްޑޫ ސިޓީ” ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ފުލުހުންގެ ޓީމަކާއި ހިތަދޫ ޒުވާނުންގެ މައްޗަށް އެކުލެވޭ “މައިލޯ ޓީމް” އާ ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް މިއަދު ކުޅެފިއެވެ.
މިއަދު ހަވީރު ހިތަދޫ މައިލޯ ދަނޑުގައި ކުޅުނު މި މެޗް 2-1 އިން ކާމިޔާބުކޮށްފައިވަނީ “މައިލޯ ޓީމް” އެވެ.
މިއީ ހިތަދޫގެ ޒުވާނުންނާއި ފުލުހުންނާއި ދެމެދު ގުޅުން ބަދަހިކޮށް ފުލުހުން ކުރިއަށް ގެންދާ އެކިއެކި ހަރަކާތްތަކުގައި ހިތަދޫގެ ޒުވާނުންގެ ބައިވެރިވުމާއި އެއްބާރުލުން ހޯދުމުގެ ބޭނުމުގައި ކުޅުނު މެޗެކެވެ.
މިމެޗުގައި އެސްއޯ ފުލުހުންގެ ޓީމުން ބޭނުންކޮށްފައިވާ ޓީޝާޓުގައި، އެޑިޕާޓްމަންޓުން މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި އިސްކަމެއް ދީގެން މުވައްޒަފުންގެ މެދުގައި ހޭލުންތެރިކުރުވާ ޝިޔާރު ކަމުގައިވާ “ރެސްޕެކްޓް” ނުވަތަ އިޙްތިރާމް ލިޔެފައިވާކަން ފާހަގަކުރެވެ އެވެ.