Last Updated: May 9, 14:09
Friday, May 9, 2025
ކުޅިވަރު

އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތް މިއަދު ފަށަނީ

އައްޑޫގެ އޮފީސްތަކުގެ މެދުގައި ބާއްވާ އިންޓަ އޮފީސް ބެޑްމިންޓަން މިބާރާތް މިއަދު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި ހަތް ޓީމް ވާދަ ކުރެ އެވެ. އެއީ ފިރިހެން ފަސް ޓީމާއި އަންހެން ދެ ޓީމެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ލީގް އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 10،000ރ. ހުށަހަޅައިފަ އެވެ.

އައްޑޫގައި މިހާރު އަންނަނީ ވޮލީ އަމްޕަޔަރުން ތަމްރީނު ކުރުމުގެ ކޯހެއް ވެސް ހިންގަމުންނެވެ. އެ ކޯހަކީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި އައްޑޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ގުޅިގެން ބާއްވާ ކޯހެކެވެ.

މި މަހުގެ 16 ވަނަ ދުވަހު ފެށި އެ ކޯސް މި މަހުގެ 25 އާ ހަމައަށް ކުރިއަށް ދާނެ އެވެ.