Last Updated: May 14, 06:57
Wednesday, May 14, 2025
ޚަބަރު

ބަނގުރާ މައްސަލަތަކެއްގައި ބަޔަކު ހައްޔަރުކޮށްފި

ހިތަދޫން މީގެ ކުރިން އަތުލައިގަތް ބަނގުރާ ފުޅިތަކެއް. ފޮޓޯ/ޕޮލިސް

އައްޑޫގައި ފުލުހުން ކުރިއަށް ގެންދާ “އަފިރިންގެ އަމާން އައްޑޫ ސިޓީ” އޮޕަރޭޝަނުގައި ފާއިތުވި 24 ގަޑި އިރު ތެރޭގައި ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ ތަފާތު ދެ މައްސަލައެއްގައި ހަ މީހަކާއި 18 އަހަރުން ދަށުގެ ހަތަރު ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މީހުންގެ ތެރެއިން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 09:30 އެހާކަށްހާ އިރު މަރަދޫގެ ގެއެއްގެ ކުރިމަތީގައި ހުރި ޖޯލިފައްޗެއްގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ބޭނުންކު ރަމުން ދަނިކޮށެވެ. އެ ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބެލިބެލުމުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސްޕްރައިޓް ހުސް ކުރި ދެ ފުޅި ފެނިފައި ވެ އެވެ.

މީގެ އިތުރުން މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 04:10 ހާއިރު ހިތަދޫ އީދުގަލިކިޅި ސަރަޙައްދު، ވަލުތެރޭގައި ބަޔަކު ބަނގުރާ ކައްކަމުންދާ ކަމަށް ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން އެ ސަރަޙައްދަށް ގޮސް ބެލިބެލުމުން ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 4 ފުޅި އާ އެކު 18 އަހަރުގެ މީހަކާއި 18 އަހަރުން ދަށުގެ ހަތަރު ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ.
އަދި ފުލުހުން އެ ސަރަހައްދު ބަލާ ފާސްކުރި ކުރުމުން، ބަނގުރާ ކައްކަން ބޭނުން ކުރި ކަމަށް ބެލެވޭ ބައެއް އާލާތްތައް ވެސް ފެނިފައި ވެ އެވެ.