Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ވަސީމް އިތުރު ފަރުވާއަށް މާލެ ފުރުވައިފި

ހިތަދޫގައި ހަދާފައިވާ ފެނަކަ ކޯޕަރެޝަންގެ ފެން ޕްލާންޓްގެ ތާނގީއެއްގެ މަސައްކަތެއް ކުރަނިކޮށް މިއަދު ވެއްޓުނު އަބްދުﷲ ވަސީމް އިތުރު ފަރުވާއަށް މިރޭ އިރާކޮޅު މާލެ ފުރުވައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަސީމް އަވަސް ފަރުވާއަށް މާލެ ގެންގޮސްފައިވަނީ އޭނާއަށް ލިބިފައިވާ ސީރިއަސް އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެވެން ނެތުމުންނެވެ.
13082106_10153388892471150_394497007_n

ގާތްގަޑަކަށް 55 ފޫޓުމަތިން ވަސީމް ވެއްޓި އޭނާގެ ހަތް ބިންދައިގެން ގޮސްފައިވާ އިރު ފުއްޕާމޭގެ ކަށިތަކަށްވެސް ވަނީ ބިންދައިގެން ގޮސްފައެވެ.

ވަސީމްގެ އެކްސްރޭ: ފޮޓޯ: ފޭސްބުކް
ވަސީމްގެ އެކްސްރޭ: ފޮޓޯ: ފޭސްބުކް

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަސީމް ވެއްޓުނު އިރު ސަލާމަތީ ފިޔަވަޅު އަޅާފައި ނުވެއެވެ.