Last Updated: March 29, 16:28
Friday, March 29, 2024
ޚަބަރު

މިއީ ކެންސަރަށް ފަރުވާ ހޯދަމުން ގެންދާ ހިތަދޫގެ ލޮބުވެތި ރައްޔިތެއް، އެހީތެރިކަން ފޯރުކޮށް ދެއްވާ

ސ.ހިތަދޫ އަދަރާދަގޭ އިބްރާހިމް އަލީ މިހާރު ގެންދަނީ އިންޑީޔާގެ އާރު.ސީ.ސީ ހޮސްޕިޓަލުގައި 2015 ވަނަ އަހަރުން ފެށިގެން ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް އަލީ ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯއްދަވަން ފަށާފައި ވަނީ، 2015 ވަނަ އަހަރުގެ ޖޫން މަހުން ފަށައިގެންނެވެ. އަދި މިހާރު ގެންދަނީ ކެންސަރުގެ 4 ވަނަ ސްޓޭޖްގެ ފަރުވާ ފުރިހަމަ ކުރަމުންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ފަރުވާ ކުރަން ޖެހިފައިވާތީ، އާއިލާގެ މާލީ ތަނަވަސްކަމެއް ނެތުމުގެ ސަބަބުން، އިބްރާހިމް އަލީގެ އާއިލާއިން ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވެއެވެ.

އިބްރާހިމް އަލީގެ ބޭސްފަރުވާ އާއި ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އަބްދުﷲ ފުޢާދު (ފޯން: 7905462 ) ނުވަތަ ނަޖުދާ އަލީ (ފޯން: +917356820192) އާއި ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

އިބްރާހިމް އަލީގެ ބޭންކް އެކައުންޓް (ބީއެމްއެލް) :
ދިވެހި ރުފިޔާ އެކައުންޓް : 7704384887101
ޑޮލަރު އެކައުންޓް : 7703384887001