Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

މީރާ އައްޑޫ އޮފީހުގެ ނެޓްވޯކަށް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ޚިދުމަތްތައް ހުއްޓުމަކަށް

އައްޑޫގައި ޤާއިމްކޮށްފައިވާ މީރާގެ އޮފީހުގެ ނެޓްވޯކަށް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން އެ އޮފީހުން ޚިދުމަތް ހޯދަން ދިޔަ ގިނަ ބަޔަކަށް އޭގެ ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މީރާ އައްޑޫ އޮފީހުގެ ނެޓްވޯކަށް މައްސަލަ ތަކެއް ދިމާވެފައިވާތީ، އެ އޮފީހުން މިއަދު އެއްވެސް ޕޭމަންޓެއް ބަލައެއް ނުގަނެއެވެ.

މަދު މުވައްޒަފުން ތަކަކާއި އެކު މީރާްއިން އައްޑޫގައި ދެމުންދާ ހިދްމަތް ފުޅާ ކުރުމަށް މަސައްކަތް ނުކުރާކަން ފާހަގަކުރެވެއެވެ.