Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ފެން ތާނގީ މަތިން ވެއްޓުނު ވަސީމްގެ އަތުގެ އޮޕަރޭޝަނެއް ކޮށްފި!

ހިތަދޫ ފްލެޓް އަޅާ ސަރަހައްދުގައި ފެނަކަ ކޯޕަރޭޝަނުން ގާއިމް ކޮށްފައިވާ ފެން ޕްލާންޓްގެ ފެން ތާނގީ މަތިން މިދިޔަ ހޮނިހިރު ދުވަހު ވެއްޓި ސީރިއަސް ގެއްލުން ތަކެއް ލިބުނު މީދޫ އަބްދުﷲ ވަސީމްގެ އަތުގެ އޮޕަރޭޝަން ކޮށްފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި އިއްޔެ އަތް އޮޕަރޭޝަން ކޮށްފައިވާ ކަމަށެވެ.

ވަސީމްގެ އެކްސްރޭ: ފޮޓޯ: ފޭސްބުކް
ވަސީމްގެ އެކްސްރޭ: ފޮޓޯ: ފޭސްބުކް

"އޯޕަން ފްރެކްޗައެއް ފިކްސް ކޮށްފި އިއްޔެ. ޕޭޝަންޓްގެ ހާލު ރަނގަޅު" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ވަސީމް އިތުރު ފަރުވާއަށް މާލެ ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުގެ ރެއެވެ. އޭނާ ބެއްލެވި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރާއި ހަވާލާދީ އެޗްއާރްއެޗްގެ އޮފިޝަލަކު ވިދާޅުވީ ވަސީމްގެ ކަނާއަތާއި ފުއްޕާމޭގެ ކަށިތައް ބިނދިފައިވާ ކަމަށެވެ.