Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ބާރުތައް ސަރުކާރަށް ނަގައި، އަތޮޅުވެރިންނާއި ކަތީބުންގެ ޒަމާން އިޔާދަކޮށްފި!

ލާމަރުކަޒީ ޤާނޫނުގެ ދަށުން އިންތިޚާބްކޮށްފައިވާ ސިޓީ ކައުންސިލް ތަކުން ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން އިތުރު ކަންތައްތަކެއް އަނެއްކާ ވެސް މިނިސްޓްރީތަކުގެ ދަށަށް ބަދަލު ކުރަން ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމައިފިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ނިންމާފައިވާ ގޮތުން ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން އާސާރީ ތަންތަން ބެލެހެއްޓުމާއި، ސަގާފީ ކަންކަން ދިރުވައި ދެމެހެއްޓުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

މިގޮތަށް ނިންމާފައިވާއިރު ދާދިފަހުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫގައި ހުރި އާސާރީ ބައެއް ތަންތަން ފާހަގަކޮށް އެތަންތަން ހިމާޔަތް ކުރުމާއި ބެހޭގޮތުން ޕްލޭންތަކެއް ކަނޑައަޅާފައެވެ.

އަދި މީގެ އިތުރުން ގަބުރުސްތާނު ބެލެހެއްޓުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި ތިން ވަނަ އިސްލާހުގެ ދަށުން ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުތަކުގެ ތެރެއިން މިގޮތަށް ނިންމާފާއި ވާއިރު ސަރުކާރުން މީގެ ކުރިން ވެސް ވަނީ ސިޓީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށްފައެވެ.

ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ސަރުކާރުން ސިޓީ ކައުންސިލްގެ ބާރުތައް ހަނިކުރަނީ އެމްޑީޕީގެ މެޖޯރިޓީ ކައުންސިލްތަކަށް ވުމުން ކަމަށެވެ