Last Updated: April 25, 18:52
Thursday, April 25, 2024
ކޮލަމް

ދަރުމަ ވޭހެއް! މި އޭޓީއެމް ކަވަރިޔެ ހިންނެހެއް ޑަސްބިނަށް!

އަފިރިން ހިތަދޫ ރައްޔިތުން ބޭނުން ކެރާއް އެއްކިމި 2 އޭޓީއެމް ހިންނެކޯ އެއާއި ދޮރަށް ލާރިއަށް ނަގާއް ގޭފެހޭ އެންމެ ފެރެތުމާއް ފެނެނީ މިޅި ސަރަހައްދެ ތިބޭ ކަރުދާސް. އެކައުންޓް ބެލެންސް ބަލަފެއި ކަރުދާސް ކެޑާ ފޫޓަށް ހެއި ދުރެ ހިންނެ ޑަސްބިނާއް އެޑާއް ވީމެއި ބިން މައްތައް އެއްލަލާއި މިއެބޭނީ.

އަފިރިން އެންމެން ބެނާގޮތެ ވަރަށް ހޭލުންތެރި ވަރަށް ވިސްނޭ މީހާ އަފިރިންނަކީ. އެކަމަކި އަފިރިންގެ އެތެރުން ގިނަ މީހުންނަށް ނިއެނގެއި އޭޓީއެމާއި ކަވަރިޔެ ހިންނެ ޑަސްބިނަކަށް ކުނި އެޑާއް. ދެއަތަށް ފަސޭހާކަށް ފެހޭ އަސް އެތެއި ބިމަށް ކަރުދާސް ކެޑާ އެއްލާއް އާދަވެފެއި މިތިބެނީ.

ދެން ހިށީ އޭޓީއެމް އެއި ސްކްރީނާއިނަސް ބެލެންސް ބެލެއި. ދެން ކިޔަން ކެރާއް ވަކި ރަސީދަށް ޕްރިންޓް ކެރާކަށް ވީ؟ ޕްރިންޓް ކެރިއަސް އިޔާ ބިމަށް އެއްލާކަށަސް ނިޖެހެއިތާ.

10 އަހަރަ ވޭތާން ކޮންމިޔަސް އިސްކޫލަކަށް ގޮއްސެއި ކިޔެވި ކިޔެވިލީގެ އެއްވިޔެސް ބޭނުމަށް ނެތްތާ ހިތަށް އެރި ތާކަށް ކުނި އެއްލަމުން ދިވާފެހޭ.

ތަރައްޤީއައު ޑިމޮކްރެސީ އައު ކޭފެއި ދިވާކޯ އަފިރިން އަމެއްލެ ގައި ތިބި މިކަހަލެއި ކުދު ކަންތެތި ހެއު ކެރާއް ތެބެވެއި. އޭޓީއެމާ ހިންނެތަން ރިވެތިކޮށް ހިށިމެއި ރިވެތި ވޭނެއި އަފިރިން އެންމެންނަށް.