Last Updated: April 27, 09:12
Saturday, April 27, 2024
ޚަބަރު

އެމްއައިބީގެ ރޯދަ ހަދިޔާ: އެއްލައްކަ ފަންސާސް ހާސް ރުފިޔާގެ މުދާ ނެގޭ ޕްރޮމޯޝަނެއް!

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) -- ވީފައިލް ފޮޓޯ

ރޯދައަށް ބޭނުންވާ ސާމާން ފަސޭހައިން ހޯދޭނެ ގޮތަށް 150،000 ރުފިޔާއާއި ހަމައަށް މުދާ ނެގޭ ޕްރޮމޯޝަނެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން މިއަދު ފަށައިފިއެވެ.

ރޯދަ އާއި ދިމާކޮށް މިއަދު ފެށި މިޕްރޮމޯޝަން އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު މި ޕްރޮމޯޝަންގެ ދަށުން މުދާ ނަގާ ފަރާތްތަކަށް 30 މަހުގެ މުއްދަތަކަށް ފައިސާ ދެއްކުން ބަހާލެވޭނެ ކަމަށް އެމްއައިބީން ބުންޏެވެ.
CNM AND ADDU LIVE

އެމްއައިބީން ބުނީ އެ ބޭންކުގެ ކޮންސިއުމާ ފައިނޭންސިން ހިދުމަތުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށާއި ޕްރޮމޯޝަންގެ ދަށުން މުދާ ދޫކުރުމުގައި އެމީހަކަށް ލިބޭ މުސާރައަށް ބަލާނެކަމަށެވެ . އަދި މުސާރައިގެ ގޮތުގައި ބަލާނީ އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި، ފާއިތުވި ހަ މަސް ދުވަހު ލިބުނު މުސާރައިގެ އެވަރެޖް އަދަދެވެ.

މިޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭންކުން ދޫކުރާ ހާއްސަ ފޯމަކާއި އެކު އައިޑީ ކާޑް ކޮޕީ އާއި އަދި ފާއިތުވި 6 މަސްދުވަހުގެ މުސާރަ ސްލިޕް ހުށަހަޅަން ޖެހެއެވެ، އަދި ނަންގަވަން ބޭނުންފުޅުވާ މުދަލުގެ ކޯޓޭޝަން ފޯމާއި އެކު ހުށަހަޅަން ޖެހެވެ.

އެމްއައިބީން ބުނީ މިޕްރޮމޯޝަންގެ އިތުރު ތަފްސީލް އެމްއައިބީ މާލޭ ހެޑް އޮފީހުގެ އިތުރުން ގދ. ތިނަދޫ އަދި ސ. ހިތަދޫގައި ހުންނަ ބްރާންޗްއިން ލިބޭނެ ކަމަށެވެ.