Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

އައްޑޫގެ ކޯޓުތަކުގައި ޕީޖީ ވަކީލު ހުންނަވަން ވަކި ކެބިން އެއް!

ފޭދޫ. މަރަަދޫފޭދޫ އަދި މަރަދޫ ކޯޓް ހިންގާ އިމާރާތް. ޝަރުއީ ނިޒާމްގައި މައްސަލަތައް ހުރިކަމަށް ގިނަ ބަޔަކު ޤަބޫލު ކުރޭ.ފޮޓޯ/ އައްޑޫ ލައިވް

ޝަރުޢީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ހުރިހާ އެންމެން ވެސް ހަރު އަޑުން ދައްކަމުން ގެންދާ ދުވަސްވަރެއްގައި މިފަދަ ކަމެއް ހިނގާފާނެ ކަމަށް އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެއެވެ.

އެހެން ނަމަވެސް އައްޑޫގައި ޤާއިމްކޮށްފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށް ޕީޖީ އޮފީހުގެ ވަކީލު ވަޑައިގެން އެބޭފުޅާގެ ލިޔުންތައް ދިރާސާކުރެއްވުމަށް ވަކިން ކެބިން ހުންނަކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް ވަނީ އެނގިފައެވެ.

ދާދި ފަހުން އައްޑޫ ސިޓީއަށް ދިޔަ ޕީޖީ އޮފީހުގެ ވަކީލަކު، ނަންހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި، ކޯޓުގެ ތެރޭގައި އެގޮތަށް ވަކި ކެބިން އެއް ހުުރުމުން ހައިރާންވި ކަމަށެވެ.

" ދައުވާ އުފުލާފަރާތާއި ކޯޓުތަކަކީ ވަކިން ހިނގަން ޖެހޭ މިނިވަން ބޮޑީތަކެއް. މިއޮތީ ބާރުތައް މަސްހުނިވެފައި. މީގެ ސަބަބުން ދައުވާ ލިބޭ ފަރާތުގެ ޙައްޤުތަކަށް ވަރަށް ބޮޑު އުނިކަމެއް ލިބޭ"

ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވި ގޮތުގައި، ބައެއް ފަހަރަށް ކޯޓުތަކުގެ މެޖިސްޓްރޭޓުން، ދައުވާ ސާބިތުކުރުމަށް މަސައްކަތް ކުރައްވާ ކަން ދޭހަވާ ކަމަށެވެ.

" ހިތަދޫ ކޯޓުގައި ހުރޭ ވަކިން މޭޒަކާއި ގޮނޑިއެއް ބަހައްޓާފައި. އެހެން އެކަން އޮންނަތާ ކިތަންމެ ދުވަހެއް. އައްޑޫގެ އެހެން ކޯޓުތަކުގައި ވެސް އޮންނަނީ އެގޮތް "، ޤާނޫނީ ވަކީލަކު ވިދާޅުވިއެވެ.