ރައްކާތެރި ގޮތުގައި ކާނާ ބޭނުން ކުރުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އަމާޒުކޮށްގެން ބާއްވާ ވޯކްޝޮޕެއް އަންނަ މަހުގެ ތިން ވަނަ ދުވަހު ބާއްވަން ހަމަޖެހިފއަިވާ ކަމަށް ފުޑް ސޭފްޓީ މޯލްޑިވްސް އިން ބުނެފި އެވެ.
އެ ޖަމިއްޔާގެ ސީއީއޯ ރޯޒީ ޝަރީފް ބުނީ ހިތަދޫ ޅަރީތި ގޭގައި ތިން ދުވަހުގެ މުއްދަތަށް ބާއްވާ ވޯކްޝޮޕް ފަށާނީ އަންނަ މަހުގެ 3 ވަނަ ދުވަހު ކަމަަށެވެ.
އޭނާ ވިދާޅުވީ ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ބާއްވާ ވޯކްޝޮޕަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހުޅުވާލައިގެން ބާއްވާ ވޯކްޝޮޕެއް ކަމަށެވެ. ވޯކްޝޮޕްގެ ފީއަކީ 300ރ. ކަމަށް ވެސް ރޯޒީ ވިދާޅުވި އެވެ.
ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 9777785 ނަމްބަރަށް ގުޅުމުން ނަން ނޯޓް ކުރެވޭނެ ކަމަށް ވެސް ފުޑް ސޭފްޓީ މޯލްޑިވްސް އިން ބުންޏެވެ.
ފުޑް ސޭފްޓީން އަންނަ މަހުގެ 3 ގައި "އާޓް އެންޑް ކްރާފްޓް" ގެ އާ ބުރެއް ވެސް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ފުރަތަމަ ބުރު މިހާރު ވަނީ ނިންމާލައި، ދަރިވަރުން ތައްޔާރު ކުރި ތަކެތި ދައްކާލުމަށް މައުރަޒެއް ވެސް ބޭއްވުމަށް ހަމަޖެހިފަ އެވެ.
ރޯޒީ ބުނީ އަލަށް ފަށާ ބުރަކީ 15 ކުދިންނަށް ހުޅުވާލައިގެން ފަށާ ކޯހެެެއް ކަމަށެވެ. ހަތަރު މަހަށް ހިންގާ މި ކޯހުގެ ފީއަކީ މަހަކު 500ރ. އެވެ.