Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

އިސްލާމިކް މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރަކަށް ހިޝާމް

އިސްލާމިކް މިނިސްޓްރީގެ ފަރާތުން އައްޑޫ ސިޓީގައި ހުންނަވާ އެންމެ އިސްބޭފުޅެއްގެ ގޮތުގައި އެ މިނިސްޓްރީގެ ކޯޑިނޭޓަރ ހިޝާމް އަހްމަދު ހަމަޖައްސާފައިވާ ކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިޝާމް މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ، އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. އަދި އާދީއްތަ ދުވަހު އެބޭފުޅާ އޮފީހަށް ނިކުންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން އައްޑޫއަށް ކޯޑިނޭޓަރަކު ފޮނުވާފައިވާއިރު، އައްޑޫގައި ހުރި މިސްކިތްތައް ސާފުކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށް ނުދޭތީ އާއި އަދި މުސާރަ ލިބުން ލަސްވާ މައްސަލައިގައި އައްޑޫގައި ތިބި އިމާމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު ކަމަށް ހިޝާމް އައްޔަންކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
ހިޝާމަކީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ މީދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ކުރިމަތިލެއްވި ކެންޑިޑޭޓެކެވެ.